ނަފްސާނީ ދުޅަހެޔޮކަމަކީ އަސާސީ ހައްގެއް

20231010 130721

ނަފްސާނީ ދުޅަހެޔޮ ކަމަކީ އަސާސީ ހައްގެއް ކަމަށާއި، މިކަން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައި އިންތިހާބީ ރައީސް ވިދާޅުވީ، މި އަސާސީ ހައްގު ކަށަވަރުކޮށްދެވެނީ ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ޤާއިމްކޮށްގެން ކަމަށެވެ. އަދި އެއްވެސް ހުރަހެއް ނެތް ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދޭނެ ޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރުމަށް އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިންތިހާބީ ރައީސް މިގޮތަށް މިއަދު ވިދާޅުވި އިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ވަނީ ލ. އަތޮޅުގައި ނަފްސާނީ މައްސަލަތަކަށް ހާއްސަ ހޮސްޕިޓަލެއް ބިނާ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ފަހުގެ