މުއިއްޒު ހުވާކުރެއްވުން ނޮވެމްބަރު 17ގައި ޖުމްހޫރީ މައިދާނުގައި

Muizzu

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އިންތިހާބީ ރައީސް އޮފީހުން މިއަދު ހާމަކުރެއްވީ، ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17ގައި ބާއްވާނެކަމަށެވެ. އަދި މޫސުން ތަންދީފިނަމަ ބާއްވާނީ ޖުމްހޫރީ މައިދާނުގައި ކަމަށްވެސް އިންތިހާބީ ރައީސްގެ އޮފީހުން ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ ހާމަކޮށްފައެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެއްހިފައިވަނީ 17 ނޮވެމްބަރު ވާނ ހުކުރު ދުވަހުގެ ހަވީރުއެވެ.

ފަހުގެ