ރިޔާސަތުން ނަޝީދު ދުރުކޮށްފައި ނޫނީ ހުއްޓާނުލާނަން

Aslam

މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ދުރުކޮށްފައި ނޫނީ ހުއްޓާނުލައްވާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އަލުން ހުށަހެޅުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މައްސަލަ މިފަހަރު ހުށަހެޅި އެއްވެސް ވަރަކަށް، އެއްވެސް ގޮތަކަށް ދެން ނަގާކަށް ނޫން ކަމަށާއި، އެމްޑީޕީ އޮތީ މިކަމުގައި އެކަތި ގަނޑެއްގެ ގޮތުގައި ކަމަށެވެ.

މި ފަހަރު މިމައްސަލަ ހުއްޓާލައްވާނީ ރިޔާސަތުން ނަޝީދު ދުރުކޮށްފައި ކަމަށާއި އެމްޑީޕީ މެންބަރުންގެ ރޫހު ހުރީ ހުއްޓާލާ ގޮތަކަށް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ނަޝީދު ވިދާޅުވީ މި ފަހަރު މިމައްސަލަ ބަލައިގަންނަން ދަތި ކަމަށެވެ. އެހެން ނަމަވެސް މިއަދު އެމްޑީޕީން މަޖިލީހަށް ވެއްދުމާއި ގުޅިގެން އެމައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ފަހުގެ