އަދިވެސް މީހެއްގެ ގަޔަށް ކުޅެއް ޖެހޭތޯތަ ބަލަންވީ

Inthi

މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދުގެ ވަކި ކުރުމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ވެއްދުމާއި ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

 އިންތި ކުރެއްވި ޓުވީޓެއްގައި އެމްޑީޕީއަށް ފާޑުވިދާޅުވެ ވިދާޅުވީ، މިއީ ތިމާމެން ޖަހާ ހިސާބު ދިމާނުވެ ލަދުގޮތަކަށް ވެރިކަން ގެއްލިދިއަ ގޮތާމެދު އިނގިލީގައި ދަތް އަޅައިގެން އޮވެ ވިސްނަންވީ ވަގުތު ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ 49 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީސް ރައީސްކަމުން ނަޝީދު ވަކިރުމަށް ދެވަނަ ފަހަރަށް މަޖިލީހަށް ވެއްދުމާއި ގުޅިގެން އިންތި ކުރެއްވި ޓުވީޓުގައި ވަނީ މިއީ މީހެއް (ނަޝީދު) ގަޔަށް ކުޅެއް ނަމަވެސް ޖެހޭތޯ ބަލަންވީ ވަގުތު ތޯ އެމްޑީޕީ ކުރެން އައްސަވާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު އެމްޑީޕީން މަޖިލީހަށް ވެއްދުމާއި ގުޅިގެން އެމައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް ކޯރަމް ހަމަނުވެގެން މިއަދު ބޭއްވި ޖަލްސާވެސް ވަނީ ކެންސަލްކޮށްފައެވެ.

ފަހުގެ