އިންތިގާލީ މަރުހަލާ “މުއިއްޒު” ވެއްޖެ, 48 ގަޑީރުން އެންމެ މުއައްސަސާއަކަށް ވެސް ނުވަދެވުނު

Holhimuizzu

ރިޔާސީ އިންތިހާބުގެ އިންތިގާލީ މަރުހާލާގެ ކަންކަން, ބެލެހެއްޓުމަށް 15 ޓީމު އެކުލަވާލިކަމަށް މީގެ ދެ ދުވަސް (48 ގަޑީރު ކުރިން) , މުއިއްޒުގެ އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވި ނަމަވެސް އަދި އެ ޓީމުތަކުން ދައުލަތުގެ އެންމެ މުއައްސަަސާއަކަށް ވެސް ނުވަންނަކަން މިއަދު ހާމަވެއްޖެއެވެ.

މިކަން މިއަދު ހާވަނީ ޑރ. މުއިއްޒުގެ ގެ ކޮޅު މާފަންނު ދިމްޔަތުގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ ނޫސްވެރިއަކު ކުރި ސުވާލަކަށް ފިރުޒުލް ދެއްވި ޖަވާބަކުންނެވެ.

ފިރުޒުލް ވިދާޅުވީ މުއައްސަސާތަކަށް ޒިޔާރަތް ކުރާނީ އެ ތަންތަނަށް ޒިޔާރަތްކުރާ ބޭފުޅުންނަކީ ކޮބައިކަން ހިއްސާކުރުމަށްފަހު ކަމަށެވެ. ނަމަވެސް އާދިއްތަ ދުވަހުވެސް މިހެން ވިދާޅުވެ, ހޯމަ ދުވަހުވެސް ވިދާޅުވީ މިހެނެވެ. އެހެކަމުން ޓީމުތަކުގެ މައުލޫމާތު 24 ގަޑިއިރު ވީއިރުވެސް ހިއްސާއެއް ނުކުރެވުނެވެ.

ޓީމުތައް އެކުލަވާލިކަން އިއުލާނުކުރިތާ 48 ގަޑިއިއުވީއިރުވެސް އެންމެ ޓީމަކަށްވެސް އެއްންމެ މުއައްސަސާއަކަށްވެސް ނުވަދެވުނެވެ.

“މިހާތަނަށް ޑައިރެކްޓްލީ އެއްވެސް މުއައްސަސާއަކަށް އިދާރާއަކަށް އަޅުގަނޑުމެން ޒިޔާރަތް ކޮށްފައެއް ނުވާނެ. އެހެންކަމުން ދައުލަތުގެ އިދާރަތަކުން ލިބޭ އެއްބާރުލުމާ ގުޅޭގޮތުން އެއްޗެއް ދަންނަވްނެ ނޭގެ,” ފިރުޒުލް މިއަދު ވިދާޅުވިއެވެ.

ޑރ. މުއިއްްޒު ރައީސް އަބްދުالله ޔާމިންގެ ވެރިކަމުގަ ހައުސިން މިނިސްޓަރުކަން ބެލެހެއްޓެވިއިރު, މާލޭ ކައުންސިލް އަތުގައި އޮތް ބާރުތައް އަތުލައްވައި މާލެ ސިޓީ އެމަނިކުފާނު ބައްލަވަން ފެއްޓެވިއެވެ.

ނަމަވެސް ޑރ. މުއިއްޒު ގެންނެވި ބަދަލުތަކާއެކު މާލޭގެ މަގުތަކުގަ އާދަޔާ ހިލާފަށް ފެންބޮޑުވެ ރައްޔިތުންނަށް ބޮޑު ދުއްތުރާލަކަށް މާލޭގެ ފެންބޮޑުވުންވިއެވެ. އޭރު މާލޭގެ ފެންބޮޑުވެ ގިނަވަގުތުތަކެއް ވަންދެން ނުހިކުމުން މީހުން އެއީ މާލެ “މުއިއްޒު ވީ” ކަމަށް ބުނެ އުޅުނެވެ.

ފަހުގެ