ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިޔަށް ގެންދެވޭނެ

Nasheedd

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ 49 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް މިމައްސަލަ ވެއްދުމުން މަޖިލީހުން ހާމަކޮށްފައިވަނީ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިމައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

މައްސަލަ ބަލައިގެންފިކަން މަޖިލީހުން އެންގި ނަމަވެސް، އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ނިންމުމާއި ގުޅިގެން މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ މި ފަހަރު މިމައްސަލަ ބަލައިގަންނަން ދަތިކަމަށެވެ.

ފަހުގެ