ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

Nasheed

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ވައްދައިފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ 49 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް މިމައްސަލަ ވައްދާފައިވާކަމަށް އެޕާޓީން ބުނެއެވެ.

މިމައްސަލަ މަޖިލީހަށް ވައްދައި މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށް ތައްޔާރު މަވުން ދިޔަ ނަމަވެސް ކޯރަމް ހަމަ ނުވާތީ މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އިންތިހާބާ ދިމާކޮށް އެމައްސަލަ އަނބުރާ ގެންގޮސްފައި ވަނިކޮށް އެމްޑީޕީން ވަނީ ޕީޖީ ބައްދަލުވުމެއް ބާއްވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދަން ފާސްކޮށްފައެވެ.

ފަހުގެ