މަސައްތަކުގެ އަގު ނުލިބިގެން ކޮންޓްރެކްޓަރުން ތިބީ ގޮތް ހުސްވެފައި

Fenaka Saeed
މ. ރަތްމަންދޫގެ އިންޖީނު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވަނީ.

ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގާ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން އެ ކޮންޓްރެކްޓަރުން ގޮތް ހުސްވެ، ކަންބޮޑުވެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ހާމަކޮށްފިއެވެ.

މަސީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި މަސައްކަތްކޮށް އިންވޮއިސް ހުށަހެޅުމުންވެސް ސަރުކާރުގެ ފަރާތުން އެ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދޭ މައްސަލައަށް ހައްލެއް ނުލިބިގެން އެ ޖަމިއްޔާއާއި ހިއްސާކުރަމުން ގެންދާކަމަށެވެ.

ސަރުކާރުން ދެއްވަން ޖެހޭ މަސައްކަތުގެ އަގު ނުލިބިގެން މުވައްޒަފުންނަށް މުސާރަ ނުދެވި މުވައްޒަފުން މަސައްކަތް ހުއްޓާލަމުން ގެންދާކަމާއި، ކޮންޓްރެކްޓަރުން ގޮތް ހުސްވެފައިވާކަން އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމަށް ހައްލެއް ހޯދަން އެ ޖަމިއްޔައިންވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި، މިނިސްޓްރީ ތަކާއި، ސިވިލް ސާވިސް ކޮމިޝަނުގެ ވެރިންނާ ބައްދަލުކޮށް، މަސައްކަތްކޮށްފައިވާ ކޮންޓްރެކްޓަރުންނަށް އެއްބަސްވުންތަކާއި އެއްގޮތަށް ފައިސާ ދިނުމަށް ތަކުރާރުކޮށް އެދިފައިވާކަމަށް މަސީއިން ބުނެއެވެ.

މަސީއިން މިގޮތަށް ބަޔާން ނެރުނު އިރު، ދައުލަތުގެ ކުންފުނި ތަކަށް މަސައްކަތްކޮށްދީފައިވާ ގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ނުލިބުމުން ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން ވިޔަފާރިތައް ވަނީ ހުއްޓިފައެވެ.

ފަހުގެ