މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަނީ

Majlis Raees Nasheed

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހަށް މައްސަލަ ވައްދަން ވެރިކަން ކުރާ އެމްޑީޕީން ނިންމައިފިއެވެ.

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީސް މެމްބަރުންގެ ސޮއިހަމަކޮށް މާދަމާ އެމައްސަލައާއި ގުޅޭ ޕީޖީ ބައްދަލުވުމެއް ބާއްވަން އެމްޑީޕީން މަސައްކަތް ކުރަމުން ގެންދާކަން ވަނީ އެނގިފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މީގެ ކުރިންވެސް އެމްޑީޕީން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި ގުޅިގެން އެމައްސަލަ ނެގީއެވެ.

މަޖިލީސް ރައީސް ކަމުން ނަޝީދު ވަކިކުރަން ބޭނުން ވަނީ 45 މެމްބަރުނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރެވޭ ވަރަށް އެމްޑީޕީގައި މެމްބަރުން ގިނައެވެ.

އެމްޑީޕީއާއި ނަޝީދާ ދެމެދު ޖެހިފައިވާ މައްސަލަ ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ނަޝީދު ރާއްޖެއަށް ގެންނަން ބޭނުންވާ ބަރުލަމާނީ ނިޒާމާ ސީދާ ދެކޮޅަށް އެމްޑީޕީން ވަނީ ތެދުވެފައެވެ.

ފަހުގެ