ހަމާސްގެ ކުއްލި ހަމަލާތައް: މުޅި ދުނިޔެ ސިހުމެއްގައި

2oq2eifg Hamas Israel Strikes Afp 625x300 07 October 23

16:39 ބައެއް ރިޕޯޓުތައް ބުނާގޮތުން އިސްރާއީލް ޑިފެންސް ފޯރސްގެ 50އަށްވުރެ ގިނަ ސިފައިން ވަނީ ހަމާސް އިން ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ގާޒާ ޑިވިޝަން ކޮމާންޑަރ ނިމްރޫދް އަލޯނީވެސް ހިމެނެއެވެ.

16:07 ފަލަސްތީނުން އިސްރާއީލާ ދެކޮޅަށް ދެމުންދާ ހަމަލާތައް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކުށްވެރިކޮށްފިއެވެ. ފްރާންސާއި ޖަރުމަން، އެމެރިކާ އަދި ރަޝިޔާއިން ވަނީ މިހަމަލާތަށް ކުށްވެރިކޮށްފައެވެ.

15:50 ފަލަސްތީނުން އެގައުމު އަޅުވެތިކޮށްގެން އުޅޭ ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ ހަމަލާތަކަށް އީރާނުގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް އެގައުމުން ބުނެފި.

15:40 ހަމާސް ޖަމާއަތުން މިވަގުތު ދެމުންދާ ހަމަލާތަކާއި ގުޅިގެން ވަރުގަދަ ތަހުގީގެއް ކުރަމުންދާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ އިންޓެލިޖަންސް އެޖެންސީއަށް ހިލަމެއް ނެތި މިވަރުގެ ވަރުގަދަ ހަމަލާތަކެއް ހަމާސް ޖަމާއަތަށް ދެވުނީ ކީއްވެގެން ކަން ބަލަމުންދާކަމަށް އިސްރާއީލުގެ ސަރުކާރު އޮފިޝަލުން ބުނެއެވެ.

ފަލަސްތީނަށް ވެރިވެގެން އުޅޭ ޔަހޫދީ އިސްރާއީލް ދައުލަތާ ދެކޮޅަށް މިއަދު ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަރުގަދަ ހަމަލާތަކެއް ދީ ދެފަރާތުން ހަނގުރާމަ އިއުލާންކޮށްފިއެވެ.

މިއަދު ކުއްލިއަކަށް ފެށި އަސްކަރީ އޮޕަރޭޝަނުގައި ރާއްޖެ ގަޑިން މިއަދު ހަވީރު 3 ޖެހުމާ ހަމައަށް ޔަހޫދީންގެ 500 މީހުން ހަމާސް ޖަމާއަތުގެ ހަމަލާތަކުގައި ވަނީ މަރާލާފައެވެ. މިއީ ފަހުގެ ތާރީހެއްގައި ފަލަސްތީނަށް ވެރިގެން އުޅޭ ޔަހޫދީންނާ ދެކޮޅަށް ދެވުނު އެންމެ ވަރުގަދަ ހަމަލާތަކެވެ.

މިހާތަނަށް 5000އަށްވުރެ ގިނަ ރޮކެޓް ގާޒާއިން އިސްރާއީލަށް ފޮނުވާލާފައިވާއިރު މި ހަމަލާތަކުގައި މަރުވި ޔަހޫދީންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ.

ހަމާސްއިން މިއަދު ފެށި ކުއްލި ހަމަލާއާއި ގުޅިގެން ފަލަސްތީނުގެ ޒުވާނުންތަކެއް އިސްރާއީލުގެ ޔަހޫދީ ސިފައިންތަކެއް ވަނީ ރަހީނުކޮށްފައެވެ.

ފަހުގެ