ހުވާ ނުކުރައްވަނީސް ޔާމީންގެ “ވަސް” ފޮހެލަނީ

F7yfpvjauaarbos
އިންތިހާބުގެ ކެމްޕެއިނަށް ނަގާފައިވާ ރައީސް ޔާމީންގެ ބިޔަ ބޮޑު ޕޯސްޓަރު ވައްޓާލަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް މަހަކަށްވުރެ ގިނަ ދުވަސް އަދި އެބައޮތެވެ. އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކަންތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ދާއިރު، މިދިޔަ ހަފްތާއިން ފެށިގެން ސިޔާސީ މަސްރަހުގައި ވަނީ އެއް އަޑެއް ގުގުމާލާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށް ޑރ. މުއިއްޒު އެންމެ ބޮޑަށް ވިއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ “ތާޢީދާ” އެކު ޕީޕީއެމްގެ ސަޕޯޓަރުންގެ ފުރިހަމަ ތާއީދާ އެކު ވެރިކަމަށް ޑރ. މުއިއްޒު އިންތިހާބުވިތާ ހަފްތާއެއް ނުވަނީސް އަސްލު މަންޒަރު ކުޑަކޮށް ސާފުވާން ވަނީ ފަށާފައެވެ.

ޕީޕީއެމްގެ ކުލައިން ކެމްޕެއިން ފެށިނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ޕިޕީއެމްގެ ކުލަ ފަނޑުވެ ޕީއެންސީގެ ކުލަ ގަދަވަމުން ދިޔަކަން ފާހަގަ ވެފައިވަނިކޮށް، މިދިޔަ ހަފްތާގައި އިވިގެންދިޔައީ ޔާމީނާއި މުއިއްޒުގެ ކޯޅުން ފެށުނު ވާހަކައެވެ. މަންޒަރުން މަޑުމަޑުން ރައީސް ޔާމީން ފޭ ކުރައްވަމުން ގޮސް، ރޭ އެންމެ ފަހުން ވަނީ އެއްވެސް އިހުތިރާމެއް ނެތި އެމަނިކުފާނު “ވައްޓާ”ލާފައެވެ.

ކެމްޕެއިނަށް ހެންވޭރު ކޮޅުގައި ނަގާފައިވާ ބޮޑު ބިޔަ ޕޯސްޓަރު ވެއްޓިގެން ދިޔަތަން ފެނުނުއިރު މިއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން އަދި ޕީޕީއެމްގެ މޫނު މަތީގައި އިންތިހާބީ ރައީސް ޖެއްސެވި އެތިފަހަރެއްގެ ގޮތުގައި ސަޕޯޓަރުން ދެކެއެވެ. މިއީ ސީދާ އިންތިހާބީ ރައީސްގެ އެންގެވުމުގެ މަތިން އެމަނިކުފާނުގެ “ޓާސްކް ފޯސް”ކަމަށްވާ މާލޭ ސިޓީ ކައުންސިލުންކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ޕީޕީއެމް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

މަންޒަރު ވަރަށް ސާފެވެ. ކެމްޕެއިނުގައި ޕީޕީއެމްގެ ނަން ބޭނުން ކުރީ ހެޔޮ ނިޔަތެއްގައި ނޫންކަން މިހާރު ވަރަށް ސާފެވެ. ޕީޕީއެމްގެ ނަން ޕޯސްޓަރުތަކާއި ހަބަރުތަކުން މަޑުމަޑުން ދަނީ ފަނޑުވަމުންނެވެ. ފެށުނީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓްގެ ގޮތުގައެވެ. ކާމިޔާބު ވުމުން އެއީ ޕީއެންސީގެ ކެނޑިޑޭޓެވެ. މިއީ ޕީއެންސީގެ ވެރިކަމެވެ. މިކަން ހުދު އިންތިހާބީ ރައީސްގެ ވާހަކަފުޅުންވެސް ދޭހައެވެ.

ދާދި ފަހުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އިންތިހާބީ ރައީސް ވަނީ ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރައްވާނީ  ޕީޕީއެމްގެ ބަދަލުގައި ޕީއެންސީ ވަރުގަދަ ޕާޓީއަކަށް ހެދުމަށް ކަމަށް ވިދާޅުވެފައެވެ. ބަހުގެ ހަމަލާތައް ދެފަރާތުގެ ދެމެދުގައި ދެމުންދާއިރު ރައީސް ޔާމީންގެ ކޮންމެ އެންގެވުމަކަށް އިންތިހާބީ ރައީސް ގެންދަވަނީ ގޮންޖައްސަވަމުންނެވެ.

ރައީސް ކަމުގެ ހުވާ ނުކުރައްވަނީސް އިންތިހާބީ ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނު “ހައިޖެކް” ކޮށްފައިވާ ޕީއެންސީން މިހާރު ދަނީ ވެރިކަމުގައި ރައީސް ޔާމީނާއި ޕީޕީއެމްއާއި ވީހާވެސް ބޮޑަކަށް ފޭއަށް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެގެ ވެރިކަމަށް އިންތިހާބުވީ ރައީސް ޔާމީނާއި ޕީޕީއެމްގެ ނަން ވިއްކައިގެންކަން މިއަދު ހަނދުމަ ފުޅަކު ނެތެވެ. ބޮޑު މަންޒަރުން ފެންނަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ ބައިވެރިވުން ނެތް ވެރިކަމެއް ކުރައްވަން އިންތިހާބީ ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ތަނެވެ.

ފަހުގެ