މުއިއްޒުގެ ވެރިކަމުގަ ހަމަހަމަކަން ގެއްލި, ގިނައިން ވޯޓު ދިން ރަށްތަކަށް ގިނަކަންކަން ކޮށްދެއްވާނެކަމުގެ ސިގުނަލެއް

Muizzuvashafaru
މުއިއްޒު ހއ ވަށަފަރުގަ

ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ހަމަހަމަ ކަމާއެކު ދިވެހިރައްޔިތުންނަށް ކަންކަން ކުރަންޖެހޭނެކަމަށް ގާނޫނު އަސާސީގަ ބަޔާންކޮށްފައި އޮތް ނަމަވެސް, ގިނައިން ވޯޓު ލިބިލެއްވި ރަށްރަށަށް ޑރ. މުހައްމަދު މުއިއްޒު ގިނަ ކަންކަން ކޮށްދެއްވާނެކަމުގެ ސިގުނަލެއް އެ މަނިކުފާނު ދެއްވައިފިއެވެ.

މުއިއްޒު މި ސިގުނަލް ދެއްވާފައިވަނީ “ވަގުތު ޓީވީއަށް” ދެއްވި އިްނޓަވިއުއެއްގައެވެ. މިގޮތުން މުއިއްޒު ވިދާޅުވީ ވޯޓު ހޯއްދަވަން ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް އެމަނުކުފާނު އަލުން ވަޑައިގަތުމަށް އެދިލެއްވިކަމަށެވެ. ނަމަވެސް އެކަނިކުފާނާއި ކެމްޕޭނު ޓީމުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ, ގިނައިން ވޯޓުލެއްވި ރަށްތަކަށް އެންމެ ފުރަތަ އެންމެ ގިނައިން ވޯޓުލިބުނު ރަށްތަކަށް ވަޑައިގަތުމަށްކަށެވެ.

މުއިއްޒުއަށް އެންމެ ގިނަ ޕަސަންޓަކުން ވޯޓު ލިބިވަަޑައިގަތީ ތ. އަތޮޅު ގުރަދޫންނެވެ. 70 ޕަސަންޓުން މަތީގަ ދެ ފޮށިވެސް އުޅޭއިރު, މުއިއްޒު ވިދާޅުވީ ވަރަށް އަވަހަށް ގުރައިދޫއަށް ވަޑައިގަންނަވާނެކަމަށެވެ.

މުއިއްޒުގެ މި ންމެވުމާއެކު ކަންބޮޑުވާމީހުން އަނަންނަނީ ގިނައިން ވޯޓުލިބު ރަށްތަކަށް ތަަރައްގީގެ މަޝްރޫތަކާ އަދި އެހެނިހެން ކަންކަން ސަރުކާރުން ފޯރުކޮށްދިނުމުގަ “ފޭވާ” ކުރާނެކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

އިންތިހާބަށްފަހު ގިނައިން ވޯޓުލިބިލެއްވި ރަށްތަކަށް އެންމެ ފުރަތަމަ ވަޑައިގަންނަވާނެކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު, ރިޔާސީ އިންތިހާބުގެ ތެރޭގަ ވެސް ވަނީ ކުދި ރަށްތަކާ ބޮޑެތިރަށްތަކަށް ތަރައްގީ ގެނެސްދެއްވުމަށް ތަފާތު ކުރައްވާނެކަމަށް ދޭހަވާ މޭރުމުން ވާަހަކަ ދައްކަވާފައެވެ. އޭރުވެސް ފާޑުކިއުން ބޮޑުވުމުން ހުރިހާ ރަށެއް ހަަމަހަމަ ކުރައްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް މުއިއްޒުގެ ވާހަފުޅު ހުރިގޮތުން އެމަނިކުފާނަށް ބޮޑަށް ތާއީދު ކުރާރަށްތަކަށް ފުރަތަމަ އިސްކަން ދޭތަން މިވަނީ ހާމަވާން ފަށާފައެވެ.

ފަހުގެ