އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގާއިމްކޮށްފި

322764 9311a95e C

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަކައި “އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް”، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤާއިމު ކުރައްވައިފިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތެއްގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެގެން ހުންނެވިޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި މަރުޙަލާގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ފަރާތުން ހަމަޖައްސަވާފައިވަނީ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރުއެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިއަދު ޤާއިމް ކުރެވުނު އިރު، ޓްރާންސިޝަނަލް ކޮމެޓީގެ މަސައްކަތަށް ވަގުތު ދެއްވުމަށް މިހާރު އިންތިހާބު ރައީސް ވަނީ މާލޭގެ މޭޔަރު ކަމުން ދުރުވެ ވަޑައިގެންފައެވެ.

ފަހުގެ