ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ ޓީޗަރުންގެ އަތްމަތިން – ރައީސް

322415 00f68cbf 8
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް. ފޮޓޯ: ރައީސް އޮފީސް

ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ އަތްމަތިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ، ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ، ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމަޢުގައި އުފެދިގެން އަންނަނީ، ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައި ކަމަށާއި، ޤައުމު ތަރައްޤީކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް ޓީޗަރުންގެ މިންނެތް މަސައްކަތުން ކަމަށެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ، ޤައުމީ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ޓީޗަރުންކަމަށާއި ސަރުކާރުގެ ސްކޫލްތަކުގައި ކަމަށް ވިޔަސް، ނުވަތަ އަމިއްލަ ސްކޫލްތަކުގައި ކަމަށް ވިޔަސް، ކޮންމެ ޓީޗަރަކުމެ އެ އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ދައުރެކަމަށެވެ.

ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާގެ ތެރެއަށް މެހެމުން އަންނަ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައް ކަމަށާއި، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބެ، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ ވަރަށް މުހިންމުކަމެއް ކަމަށްވެސް ރައީސްގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.

ފަހުގެ