ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިޔަކު މަރުވެއްޖެ

އ.ޖ
ހުޅުމާލޭގައި ދުއްވާފައި ދިޔަ ބަހެއް ކޮންޓްރޯލްނުވެގެން އޭގެދަށުވެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގީ ބަސްދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެން އޭނާގެ އަތުން ބަހުގެ ކޮންޓްރޯލް ގެއްލުމުންނެވެ. މި ހާދިސާގައި މަރުވެފައިވަނީ ރާއްޖެ އައިސް އުޅުނު އުމުރުން 31 އަހަރުގެ ޔުކްރެއިން އަންހެނެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު 6:37 ކަންހާއިރު ހުޅުމާލޭ ފިތުރޯނު މަގުން އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރިންނެވެ. މި އެކްސިޑެންޓް ހިނގި އިރު ހުޅުމާލޭގައި ދުއްވާ މިބަހުގައި މީހުން ތިބި ނަމަވެސް އޭގެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އެކްސިޑެންޓުގައި މަރުވި މީހާއަކީ މަގުމަތިން ހިނގާފައިދިޔަ މީހެކެވެ. އޭނާ ދިޔައީ އިތުރު އަންހެނަކާއެކު ހިނގާލާށެވެ. އެކްސިޑެންޓްވީ އެމްޓީސީސީގެ ބަހެކެވެ.
