ހިމާލިޔާ ބޯޑަރާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު ރާއްޖެއަށް ކޮށްފާނެ

Img 0802

އިންޑިއާއާއި ޗައިނާއާއި ދެމެދު ހިމާލިޔާ ބޯޑަރާ މެދު އުފެދފައިވާ ނުތަނަވަސްކަން އިތުރުވާ މިންވަރަކަށް ދިވެހިރާއްޖެއަށްވެސް އޭގެ އަސަރުކުރުމަކީ ވަރަށް އެކަށީގެންވާކަމެއްކަމަށް ބީބީސީން ޝާއިއުކުރި ލިއުމެއްގަ ބުނެފިއެވެ.
“އަނެއް ކަންބޮޑުވުމަކީ އިންޑިއާ އާއި ޗައިނާގެ ހިމާލަޔާން ބޯޑަރުގައި އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ފިތުނަތައް އިތުރުވަމުންދާތީ، މޯލްޑިވްސް އަށް އަސަރު ކޮށްފާނެ،” ‘ދަ ޕްރެސިޑެންޝަލް ޕޮލް ވިތް އިންޑިއާ އެންޑް ޗައިނާ ބެލޮޓް’ ނަމުގަ ބީބީސީގަ ލިޔެފަވާ ރިޕޯޓުގަ ބުނެފައިވެއެވެ.
އިންޑިއާއާއި ޗައިނާއާއި ދެމެދު ޒަމާންވީ ދެ ބަސްވުމެއް ހިމާލިޔާ ބޯޑަރާމެދު ވަނީ އުފުލިފައެވެ. 1962 ވަނަ އަހަރު ދެ ގައުމުން ބޯޑަރު މައްސަލައިގަ ހަނބުރާމަކުރިއެވެ. އެ ހަނގުރާމައިން އިންޑިއާ ބަލިވީއެވެ.
އޭގެ ފަހުން ހަނގުރާމައެއް ނުކުރިނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ އަސްކަރީ ފައުޖުތައް އަންނަނީ އެއްބަޔަކު އަނެއްބަޔާ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރަމުންނެވެ. މި ހެންކަމުން ދެ ގައުމުގެ މެދުގަ އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.
ބީބީސީގެ ރިޕޯޓުގަ ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރޯލް ހޯދަން ޗައިނާ އަދި އިންޑިއާއިން ވެސް މަސައްކަތް ކުރާކަމަށެވެ. އެއީ ދުނިޔޭގެ އިރާއި ހުޅަނގު ކަނޑުގެ މަގުން ގުޅުވާލުމުގަ ދިވެހިރާއްޖެއަކީ މުހިންމު މަންޒިލަކަށް ވާތީކަމަށެވެ.
މިގޮތުން ރައީސް ޔާމިން ޗައިނާގެ އަތުން ބޮޑެތި ލޯނުތަކެއް ހޯއްދެވިކަމަށާ، އިންޑިއާއިން ވެސް ވާދައަށް ރާއްޖެއަށް ލޯނާ އެހީތެރިކަން ފޯރުކޮށްދޭކަމަށް އެ ރިޕޯޓުގަ ބުނެފައިވެއެވެ.

ފަހުގެ