އިގްތިސާދު 170 ބިލިއަން ރުފިޔާއަށް އަރާނެ: ރައީސް

Img 0793

‎އިގްތިސޯދުގެ ސައިޒު ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު 170 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އޭގެ ތެރެއިން ބޮޑު ބަޔަކީ ޑޮލަރުން ރާއްޖެއަށް ވަންނަ އާމްދަނީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ބޭނުން މިންވަރަކަށް ޑޮލަރު ލިބެން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް މި ދައުރުގަ ފެއްޓެވިކަމަށެވެ.

‎” އެއް ކަމަކަށް މަސައްކަތް ކުރީ ރާއްޖޭގެ އެތެރޭގެ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުން. އޭރުން ޑޮލަރު ލިބޭ މީހުން ވެސް ޖެހޭނީ ޑޮލަރު މާރުކުރަން. އެ މީހުން ގަންނަ ހުރިހާ އެއްޗަކާ ދޭ މުސާރަވެސް ދޭންޖެހޭނީ ރުފިޔާއިން. އެހެންވީމަ އެމްއެމްއޭއިން ކަނޑައަޅާ އުސޫލަކުން ޑޮލަރު މާރުކުރަން ޖެހޭނީ. އެހެން ކަމަށް ވަންޏާ ރާއްޖޭގައި ރައްޔިތުން ބޭނުންވާވަރަށް ބޭންކުތަކުން ޑޮލަރު ލިބޭނެ”

މިގޮތުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރުގެ 30 ޕަސަންޓު ރާއްޖޭގަ ހިފަހައްޓާ ޑޮލަރުގެ އަގު 15 ރުފިޔާއަށް ތިރިކޮށްދެއްްވާނެކަމަށެވެ.

‎ ރާއްޖޭގެ ވިޔަފާރިވެރިންނާއި އާންމުނަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ “
‎ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދެމުންދޭ” ރައީސް ވިދާޅުވިއެވެ.

‎ޑޮލަރުގެ މައްސަލައަށް ދިމާވެފަވާ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ގޮތް މެނިފެސްޓޯގައި ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަހުގެ