މިހާރު އެމްޑީޕީ ވެފާ ވަނީ އިންސާނުން ގަންނަ ޕާޓީއަކަށް: އިންތި

Photo 6329869870124087341 Y
އިންތިޔާޒް ފަހުމީ: ދަ ޑިމޮކްރެޓްސްގެ ސްޕޯކްސްޕާސަން

ދަ ޑިމޮކްރެޓްސް އިން ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގަ ބޭއްވި ޖަލްސާގަ ވާހަކަ ދައްކަވަމުން މަޖިލީހުގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު އިންތިއާޒް ފަހުމީ، އިންތި ވިދާޅުވީ، ޕާޓީން ވެރިކަމަށް އަންނަނީ ވަޒީފާގެ ބިރުގަ ގުދަށް އޮންނަ އޮތުން ނައްތާލަން ކަމަށެވެ.

ވެރިން ދެކެ ބިރުން މީހުން އަޅަކަށް ވެގެން މިހޫންނަ ހުންނަ ހުރުން ނިމުމަކަށް ގެނައިމަށް ކުރެވުނު މަސައްކަތެއް މީ. މުޅި އިންސާނީ ހަލޯރާތް ބިނާވެފާވަނީ އެ މިނިވަންކަމުގެ މައްޗަށް. އިންތި-

އިންތި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، މުޅި މުޖުތަމައުއަށް ހަދާފައިވާގޮތް ބެލުން މުހިންމުކަމަށެވެ.

ވިސްނަވާ ވަޒީފާ އަދާކުރައްވާ ބޭފުޅުން. ވިސްނަވާ އާއިލާތަކުން. ތިމާގެ ވަޒީފާއާ ތިމާގެ ދިރިއުޅުމުގެ ކަންކަމާ ގުޅުވޭނެ ގޮތެއްވެސް ނެތް. އެއިން ސުވާލެއް ވެސް ނުކުރެވޭނެ. ބިރެއްވެސް ނުދެއްކޭނެ ދެއްކިގެން ވެސް ނުވާނެ،

ފެނަކަ ފަދަ ކުންފުންޏަކުން މާމަ ދަރިއަކަށް ވަޒީފާ ދީފަ އޮތަސް، މާމައާ ކާފަގެ ވޯޓުވެސް ޔަގީން ކުރާ މިންވަރަށް ވަޒީފާގެ މާހައުލުގަ މިނިވަންކަންގެއްލިފަ ވާކަމަށް އިންތި ވިދާޅުވިއެވެ.

މުޅި ގޭގެ އާއިލާއަށް ބިރު ދައްކާފަ. އިންސާނީ ކަރާމާތައް ހަދަމުން ދާގޮތް އިބްރާހިމް މުހައްމަދު ސޯލިހު. އެތައް ބަޔަކު ގުޅިގެން އައި ޑިމޮކްރެޓިކް ނިޒާމެކޭ އަޅުގަނޑުމެން ބުނަނީ. އެކަމަކު މިއަދު އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑިމެން ވައްޓާލާފަވާ އަނދަވަޅު ބައްލަވާ. ވަކިއން ހާއްސަކޮށް ވަޒީފާ އަދާކުރައްވާ ފަރާތްތައް،

މިހެންކަމުން ވަޒީފާގަ އުޅޭ އެންމެން ‘ބިރު ފަހަނަ އަޅާގޮސް ބޮޑުކޮށް ނޫނުނެކޭ ޖައްސަވާ މިނިވަން ކަން ހޯދުމަށް’ އިންތި ވަނީ ގޮވާލައްވާފައެވެ.

އިންތި ވިދާޅުވީ ރައީސް ސޯލިހު މިގޮތައް ކަން ކުރެއްވިއަސް ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގަ އެންމެ އިސްކަމެއް ދޭން ބުނެފަވަނީ އިންސާނީ ކަރާމާރައް ކަމަށެވެ.

ފަހުގެ