ފޮތް ފަންސޫރު ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދިނަސް، އަދިވެސް ބެލެނިވެރިންގެ އަތުން ދަރިވަރުން ކިޔެވުމަށް ވަރަށް ބޮޑު ހަރަދުތަކެއް ކުރަންޖެހޭކަމަށާއި، އެގޮތަށް ކުރަންޖެހޭ ހަރަދުތައް ސްކޫލުން ބެލެނިވެރިންނަށްފޯރުކޮށްދޭނެ ކަަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފިއެވެ.
އިލްޔާސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ބެލެނިވެން ސްކޫލަށް ބޭނުންވާ ތަކެތި ހޯދަން ފިހާރަތަކަށް ދާކަމަށެވެ. މާލޭގައި ވެސް އަދި ރަށްރަށުގައިވެސް މިކަން މިގޮތަށް ހިނަގަމުން އަންނަކަމަށެވެ.
އަޅުގަނޑުމެން ސްކޫލު ޓާމް ފެށޭއިރު ފޮތް ފަންސޫރުގެ އިތުރަަށް ބޭނުންވާ ހުރިހާ ސާމާނެއް ސްކޫލުން ފޯރުކޮށްދޭނެގޮތަކަށް އަޅުގަނޑުމެން ސިސްޓަމް ބަދަލުކުރާނަން. ބެލެނިވެރިން ކޮންމެ ދުވަހަކު ބޭނުންވާތަކެތި އިތުރަށް ހޯދާކަށް ނުޖެހޭނެ. ސްކޫލް ތެރެއިން މިކަން ހަމަޖެހިގެން ދާނެ، އިލްޔާސް ލަބީބް –
މި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދެއްކި ބެލެނިވެރިއެއް ބުނީ ސްކޫލަށް އެކި ކަންކަމުގަ ފައިސާވެސް ނަގާކަމަށެވެ.
އެންމެ ފަހުންވެސް ސްކޫލުން ބުނީ ބެލެނިވެރިން ބާއްވާ ހޭންޑްބޯލް މުބާރާތަކަށް އެއް ހާސް ރުފިޔާ ލާން ކޮންމެ ބެލެނިވެރިއެއް. ކިހިނެއްތޯ ފައްސަތޭކަ ރުފިޔާ ވެސް ނުލިބޭ ބެލެނިވެރިން އެއް ހާސް ރުފިޔާ ދޭނީ؟ ދެން ސްކޫލެއްގަ އިވެންޓެއް ބޭއްވިއަސް ހެދިކާއިން ފެށިގެން ގޮނޑިވެސް ކުއްޔަށް ނަގައިގެން ގެނެސްދޭން މި ޖެހެނީ ބެލެނިވެރިން ހަރަދުގަ. ސްކޫލުގަ ދަރިވަރުންގެ ހަރަކާތްތަކަށްވުރެ ބެލެނިވެރިންގެ ހަރަކާތް ގިނަވެއްޖެ. ބެލެނިވެރިއާ ބުންޏެވެ.
ޓީޗަރުންގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރަން ކޮންމެ ބެލެނިވެއްގެ އަތުން 6000 ވަރަކަށް ރުފިޔާ ހަރަދުކުރަންޖެހޭކަމަށް ބެލެނިވެރިއާ ބުންޏެވެ. އެގޮތުންް ސްކޫލުގައި މިގޮތަށް ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމަށް ސްކޫލު ޒީނަތްތެރިކުރުމުން ފެށިގެން، ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ އެންމެހާ ކަންކަނަވެސް ހަމަހައްސަނީ ބެލެނިވެރިންގެ ހަރަދުގައިކަމަށް ބެލެނިވެރިއާ ބުންޏެވެ.
ޑިމޮކްރެޓްސްގެ ތައުލީމީ ނިޒާމާ ގުޅޭ ވައުދުތައް:
- ދީނާއި އެތިކްސް އެންޑް މޯރަލް ކޮމްޕޯނެންޓްސް ހުރިހާ މަރުހަލާއެއްގަ ހިމެނުން
- ކަރިކިއުލަމް ތަންފީޒުވެގެންދާއިރު މަސަ އްކަތުގެ އަދި ދިރިއުޅުމުގެ މާހައުލަށް ބޭނުންވާ ސޮ ފްޓް ސްކިލްތައް ކިޔައިދިނުން
- ި ޓައިމް މެނޭޖަމަންޓް ފަދަ ގާބިލިއްޔަތުކަމާއި ކްރިއޭޓިވް ތިންކިންކްރިޓިކަލް ތިންކިންފަދަ ކަންކަން ކުރިއެރުވުންް
- ދިރިއުޅުމުގެ މާހައުލަށް ބޭނުންވާ ސޮ ފްޓް ސްކިލްތައްކުއްޖެއްގެ ހުރި ހުނަރުތަކާއި ޝަ އުގުވެރިކަން ޕްރޮފައިލްކޮށް ބަލައި ތަރައްގީކޮށް ކުރިއެރުވުން
- ުހުރިހާ ސްކޫލެއްގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން