ރަޝިއާއަށް ޗިޕްސް ފޮނުވުމުގައި ރާއްޖެއިން ބޮޑު ދައުރެއް އަދާކުރޭ!

Vishnu Mohanan Wbpubyefnxw Unsplash

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތްގައިމު ގޮނޑުދޮށްތަކަށާއި ލަގްޒަރީ ރިސޯޓްތަކަށް މަޝްހޫރު ރާއްޖެ އަކީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބައިޕާސްކޮށް، ޝިޕްމަންޓްތައް ގެންދިއުމުގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ގައުމެކެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތުމާ އެކު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއިން އުފެއްދި ގާތްގަނޑަކަށް 53.6 މިލިއަން ޑޮލަރުގެ ސެމީކޮންޑަކްޓަރުތައް ރާއްޖެ މަގުން ރަޝިއާއަށް ފޮނުވާފައިވެ އެވެ. ނިކްކީ އިން ކުރިއަށް ގެންދިޔަ މި އެނަލިސިސް އަކީ އިންޑިއާގެ ރިސާޗް ފާމެއް ކަމަށްވާ އެކްސްޕޯޓް ޖީނިއަސްގެ ޑޭޓާގެ މައްޗަށް ބިނާކޮށް، 50،000 ޑޮލަރަށް ވުރެ އަގު ބޮޑު ޝިޕްމަންޓްތަކަށް އަލިއަޅުވާލާފައިވާ އެނަލިސިސްއެކެވެ. މި ހަމަލާގެ ކުރީ އަހަރު ރާއްޖެއިން ރަޝިއާއަށް އެފަދަ ސެމީކޮންޑަކްޓަރ ޓްރާންސިޓެއް ނުފެނެއެވެ.

މިގޮތަށް ބަލައިފިނަމަ، އެމެރިކާގެ މި ސެމިކޮންޑަކްޓަރ ޝިޕްމަންޓްތަކުގެ އަގު ރަމްޒުކޮށްދެނީ 2021 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި ޖުމްލަ އެކްސްޕޯޓްގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މި ސެމިކޮންޑަކްޓަރ ޝިޕްމަންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖޭގެ ސެމިކޮންޑަކްޓަރ މާކެޓަކީ ގާތްގަނޑަކަށް ނެތް މާކެޓެއް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން އެނގުނު ގޮތުގައި ރަޝިއާއަށް ސެމީކޮންޑަކްޓަރ ޓްރާންސިޓް ކުރުމުގައި 14 އެކްސްޕޯޓަރުން ބައިވެރިވިއެވެ. އެންމެ ފާހަގަކޮށްލެވޭ ގޮތުގައި މި ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާކުރަނީ ލަންޑަނުގެ ކުންފުންޏެއް ކަމަށްވާ މައިކިންސް ކޯޕްއިންނެވެ. ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ހޮންގްކޮންގްގެ ޕިކްސެލް ޑިވައިސްތަކެވެ.

ޝައުގުވެރިވާ ކަމަކީ އެއްވެސް ކުންފުންޏެއްގެ ބޭސްއެއް ރާއްޖޭގައި އޮތް ކަމަކަށް ނުފެނެ އެވެ. ޕިކްސެލް ޑިވައިސްސް އިން ރަޝިއާއަށް އެކްސްޕޯޓްކުރިކަން ގަބޫލުކުރި ނަމަވެސް، ހޮންގްކޮންގްގެ އެކްސްޕޯޓް ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

މި ޝިޕްމަންޓްތަކުގެ ފަހަތުގައިވާ މެތަޑްގައި އާންމުގޮތެއްގައި ހިމެނެނީ ފްރައިޓް ފޯވާޑަރުން – ޝިޕިންގ ޕްރޮސެސްއަށް މަގުފަހިކޮށްދޭ މެދުވެރިފަރާތްތަކެވެ. “ރީ-އެކްސްޕޯޓް” މެދުވެރިކޮށް މުދާ އޮފްލޯޑްކޮށް، ކަސްޓަމްސްގައި ކްލިއާކޮށް، ދެން އެހެން ގައުމަކަށް ފޮނުވާ، ނުވަތަ އިންޓަމިޑިއަރީ ކަސްޓަމްސް މުޅިން ބައިޕާސްކުރާ “ޓްރާންސްޝިޕްމަންޓްސް” މެދުވެރިކޮށް އެ ތަންތަން ހިންގޭނެ އެވެ. ސެމީކޮންޑަކްޓަރ ޝިޕްމަންޓްތައް އެކްސްޕޯޓްކުރާ ގައުމަކީ ރާއްޖެކަމަށް ރަޝިޔާގެ ތަފާސް ހިސާބުތަކުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އެއް ކުންފުންޏެއް ކަމަށްވާ އިންޓަމޯޑަލް މޯލްޑިވްސް އަށް އެމެރިކާގެ ސަމާލުކަން ލިބިއްޖެ އެވެ. އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ އެމެރިކާގެ ގަވައިދުތަކާ ހިލާފަށް ރަޝިއާއަށް އެކްސްޕޯޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމުން ނިކްކީ އަށް ފެނުނީ އެ ކުންފުނީގެ މާލޭގައި ލިސްޓުކޮށްފައިވާ އެޑްރެހުގައި ފުށުއެރުންތަކެއް ހުރި ކަމެވެ.

ތާރީޚީ ގޮތުން ބަލާއިރު، ދިވެހިރާއްޖެއަކީ ޚާރިޖީ ގުޅުންތައް ބެލެންސްކޮށް، ވަކި ޤައުމަކަށް ބަރޯސާނުވެ، އެހީތެރިކަން ހޯދަމުން އަންނަ ޤައުމެކެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޗައިނާއާ ދިމާލަށް މިސްރާބު ޖެހިފައިވީ ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މި ސަރުކާރުން ވަނީ އިންޑިއާއާ ގާތް ގުޅުމެއް އުފައްދައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ދިފާއީ ރޮނގުން އެމެރިކާއާ ގުޅުން ބަދަހިވެގެން ދިޔަ އެވެ.

ޖިއޮޕޮލިޓިކަލް މައިދާނުގައި، ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި، ދިވެހިރާއްޖެ އަކީ ނިއުޓްރަލް، ގިނަ ގައުމުތަކުގެ ތާއީދު ހޯދަމުން އަންނަ ގައުމެކެވެ. މިކަމުގެ ސަބަބުން ރަޝިޔާގެ މުއާމަލާތްތަކަށް ނުފޫޒު ފޯރުވަން އެ ގައުމުން ދެކޮޅު ހަދާކަން ހާމަވެދާނެ އެވެ.

ފަހުގެ