ހައްދު ފަހަނަޅާފައިވާ “އަދާލަތު” ޕާޓީ

319680459 898577947814203 5265092781542552627 N

 މީގެ އަހަރުތަކެއްގެ ކުރިއެވެ. 2009 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި މީޑިއާގައި ދެކެވެން ފެށުނު މަޝްހޫރު އެއް ވާހަކަ އަކަށް ވެގެން ދިއައީ މާލޭގައި “ޖާރިޔާ” އެއް ގެންގުޅޭ ވާހަކައެވެ. އޭގެ ދުވަސްތަކެއް ފަހުން މާލޭގައި ޖާރިޔާއެއް ގެންގުޅޭ ކަމަށް ޑީއާރުޕީގެ ބައްދަލުވުމެއްގައި 2009 ވަނަ އަހަރު ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ރޭ އާޒިމާ ޝުކޫރުވެސް ވަނީ ވިދާޅުވެފައެވެ. އާޒިމާ މިވާހަކަ ދެއްކި ހިސާބުން މިކަން ބޮޑު މައްސަލައެއްގެ ގޮތުގައި މިވާހަކަ ދެކެވެމުން ދަނިކޮށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ވަނީ ވަގުތުން ދޮގުކޮށްފައެވެ. މިކަން ދޮގުކުރީ އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި މިހާރުގެ އިސްލާމިކް މިނިސްޓަރ މުޙަމަދު ޝަހީމް އަލީ ސައީދުއެވެ.

އެމައްސަލަ އެންމެންގެ ސަމާލުކަމަށް އާޒިމާ ގެންނެވުމާ އެކު، ރައީސް އޮފީހުން ބުނެފައި ވަނީ އެކަން ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ފުރަތަމަ އެނގިފައި ވަނީ ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި އޮތް ސަރުކާރުގެ ވަރަށް އިސް ވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ކަމަށެވެ. އަދި މިމައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ތަހުޤީގު ކުރުމަށް ރައީސް ނަޝީދުވަނީ އޭރު ހިއުމަން ރައިޓްސް ކޮމިޝަނަށާއި ފުލުހުންނަށްވެސް އަންގާފައެވެ. ފުލހުންގެ ތަހުޤީގުން ފުލުހުން ވަނީ އެބުނާ ޖާރިއާއެއް ހޯދާފައެވެ.

ދަރުބާރުގޭ ފަންސަވީހުގައި 2009 ވަނަ އަހަރުގެ 28 އޮކްޓޫބަރ ވީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް އެފެއާޒުގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޖާރިޔާގެ ވާހަކަ އަކީ ބަޔަކު އަރުވައިގެން އުޅޭ އަޑެއް ކަމަށެވެ. އަދި އެކަމާ ބެހޭ ހަގީގަތެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް އެނގިފައިނުވާ ކަމަށެވެ. ޝަހީމް އޭރުވެސް މަސައްކަތް ކުރެއްވީ އެވާހަކަ ވަގުތުން އޮއްބާލުމަށެވެ. ނޫސްވެރިންނަށް މިކަމުގެ މައުލޫމާތު ދެމުން އެދުވަހު ޝަހީމް ވިދާޅުވީ ޖާރިއާ ގެންގުޅޭ ވާހަކައަކީ އިސްލާމްދީނުގެ ކަންތައްތައް ބަނދުނާމު ކުރުމަށްޓަކައި ދެއްކޭ ވާހަކައެއް ނޫން ބާވައޭ ހިތަށް އަރާ ކަމަށެވެ.

ޝަހީމް ބުނާ ކަހަލަ މުސްލިމް ފިރިހެނަކު ގެންގުޅުނު ޖާރިއާއެއް ކަމަށްވާ އުމުރުން 16 އަހަރު ނުފުރޭ އަންހެން ކުއްޖާ ބަނޑު ބޮޑުވެގެން އައިޖީއެމްއެޗަށް ގެންދިޔަ ވާހަކަ އަކީ އަދާލަތު ޕާޓީއަށް ސޮއިކުރާ މުސްލިމަކު ކޮށްފާނެ ކަމެކޭ؟ މިކަމަކީ އެއްގޮތަކަށްވެސް ޝަހީމް އަށް ހަމަޖަމު ކުރެވޭ ކަމަކަށްނުވެގެން އެކަން އޮއްބާލުމަށް ވަނީ ވަރަށް ގިނަ މަސައްކަތްކޮށްފައެވެ. އަދި އެއީ ނުވާނެ ކަމެއް ކަމަށް ހަދައި ހުއްޖަތް ދައްކަވަމުން ގެންދެވީވެސް މިހާރުގް އިސްލާމިކް މިނިސްޓަރެވެ. ހިއުމަން ރައިޓްސްއިން އެކަމަކީ އަސްލުވެސް ހިނގާފައިވާ ކަމެއް ކަމަށްބުނުމުންވެސް ޝަހީމް ވަނީ އެކަން ދޮގުކޮށް އެއީ ނުހިނގާ ކަމަކަށް ހަދަން މަސައްކަތްކޮށްފައެވެ.

މި ޒަމާނުގައި އެއްވެސް މީހަކު ޖާރިޔާއެއްގެ ގޮތުގައި އެއްވެސް އަންހެން ކުއްޖަކު ނުވަތަ އެއްވެސް އަންހެނަކު ގެންގުޅޭ ނަމަ އެއީ ޖާރިޔާއެއް ކަމަށް ނުބެލެވޭނެ ކަމުގައި އިސްލާމީ ޢިލްމުވެރިން ވަނީ ފަތުވާ ދެއްވާފަ އެވެ. އެހެން ކަމުން ޖާރިޔާއިންނާ މުޢާމަލާތު ކުރުމަށް އިސްލާމް ދީނުގައި ހުއްދަ ކޮށްފައިވާ މުއާމަލާތުތައް މިފަދަ ކުއްޖަކާ ނުވަތަ މީހަކާ އެކު ހިންގުން ހުއްދައެއް ނުވާނެ އެވެ. މިފަދަ މީހަކާ ނުވަތަ ކުއްޖަކާ އެކު އެއްދާންކޮށްފިނަމަ އެކަންވާނީ ކަނޑައެޅިގެން ޒިނޭކުރުން ކަމުގައި އެ ބޭފުޅުން ވިދާޅުވެ އެވެ. މި ކަމުގައި ޝުބުހާއެއް ވެސް ނެތްކަމަށް އެ ބޭކަލުން ދަލީލުތަކުގެ އަލީގައި ކަށަވަރުކޮށްދެއެވެ.

ތިމާއަށް ސާފްތާހިރުކޮށްގެން ނުގެންގުޅެވޭ ވަރުގެ ތުނބުޅި ލައިގެން ދީނޭ ކިޔައި މީހުން ވަލުވައްދަމުން ދަނީއެވެ. ސިޔާސީ މަޤުސަދު ހާސިލް ކުރުމަށް އިލްޔާސްއާއި އިމްރާނާއި ޝަހީމް ހޭބޯ ނައަރައިގެން ދުވަނީ “ދީން ދީން” ކިޔަމުންނެވެ. މިޤައުމުގައި ކުޑަކުދިން ރޭޕް ކުރުމާއި އެއްޖިއްސުން ގުޅުން ހިންގުމާއި، މައިންބަފައިން ޅަދަރިންނާއެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގައި ޤައުމު ފަސާދައިގެ ތެރެއަށް ވެއްޓެމުންދާ އިރުވެސް ދީނާއި ޤައުމަށްޓަކައި އަދާލަތު ޕާޓީއަށް ސޮއިކުރުމަށް ގޮވަމުންދާއިރު ޝޭހު އިމްރާނާއި، ޝޭހު ޝަހީމް އަދިވެސް ގެންދަނީ މީހުންގެ ނެތި މޮށުމަށް ގޮވަމުންނެވެ.

އިންސާނީ ކަރާމާތާއި އިސްލާމީވަންތަކަން ޤައުމުން ނެތިގެންދާއިރު ހަމަ ކަހާތަން ހިރުވާލާހެންވެސް ޝަހީމް އަކަށް އަދި ހައްދުފަހަނަޅާފައިވާ އަދާލަތު ޕާޓީއަކަށް ހީނުވެއެވެ. މިރާއްޖޭގައި ޝޭހުންގެ ޓެގް ޖަހައިގެން އުޅޭ މީހުންނަށް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ހިސާބަށް ކަންތައް ދިޔައިރުވެސް އަދިވެސް ދީން ހިމާޔަތްކުރަން އުޅުނު ޝަހީމް ވެރިކަމާއިގެން ތެޅި ފޮޅުނީމަވެސް ހިމާޔަތްވަނީ ދީނެވެ. ހިމާޔަތް ކުރަން އަދާލަތު ޕާޓީން މަސައްކަތް ކުރަނީ ކޮން ދީނެއްތޯ މިއަދު ދިވެހިން ބަލަން ވެއްޖެ ނޫންތޯ؟؟

ދީނާއި ޤައުމަށްޓަކައި މިނަމުގައި އަޑުގަދަކުރަމުން ދުވަމުންދާއިރު ދީނަށްޓަކައި ކޮށްދެވުނީ ކޮން ކަމެއްތޯ މިއަދު ވިސްނަން ޖެހެއެވެ. މިޤައުމުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަ ކަމައި އަހުވަންތަކަން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެ، ދީނުގެ ނަމުގައި މިއަދު މިޤައުމުގައި އަދާލަތު ޕާޓީން މިވަނީ ފިކުރީ ހަނގުރާމައެއް ފަށާފައެވެ.

ފަހުގެ