އަނެއްކާވެސް ދޯންޏެއް ފަރަށް އަރައިފި

A Maldivian Fishing Boat Crashed On A Reef Artistic Wat D8d5d650 F589 4cbd 841c 43c463a0c2e7

ގއ.ވިލިނގިލީ ނެރުން ވަންނަ އުޅުމުގެ ތެރޭގައި ނެރު ކައިރިއަށް “ޕްރޮގްރެސް ބޯޓް” ކިޔާ ދޯންޔެއް ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފުން ބުނެއްފި އެވެ.

މިބޯޓް ނެރުކައިރިއަށް އެރިއިރު މިބޯޓްގައި 7 ބިދޭސީންނާއި 3 ދިވެހިން ތިބިކަމަށް ދޯނީގެ ވެރިފަރާތާ ޙަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން، ފުރަތަމަ އެސަރަޙައްދަށްގޮސް ޙަރަކާތްތެރިވެފައިވަނީ ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެހެންނަމަވެސް، މިބޯޓް ކޮންޓްރޯލް ނުވާވަރަށް ދިޔަވަމުން ދިއުމުގެ ސަބަބުން، އެމްއެންޑީއެފްފެ ސަދަން އޭރިއާ ހާބަރ ކްރާފްޓް ލޯންޗެއް އެސަރަޙައްދަށްގޮސް މިހާރުދަނީ ބޯޓާއި، ބޯޓްގައި ހުރި މުދާސަލާމަތް ކުރުމުގެ މަސައްކަތުގައި ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ ގުޅިގެން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ވިލިގިލީ ފަރަށް ދޯންޔެއް އަރާފައިވާއިރު، އިއްޔެ މެންދުރު ގުޅީފަޅުގެ ދެކުނު ފަރާތު ފަރަށްވެސް ވަނީ ދޯންޔެއް އަރާފަ އެވެ. މީގެ އިތުރުން ރޭ އިރާކޮޅުވަނީ ކާށިދޫ އިން މަސްވެރިކަން ކުރަން ނިކުތް ދޯންޏެއް ގެއްލިގެން ހޯދަން ފަށާފަ އެވެ.

ފަހުގެ