ގުޅީފަޅުގެ ދެކުނު ފަރާތަށް ދޯންޔެއް ފަރަށް އަރައިފި

Maldives Politicians Using Religeon As A Tool Abuse Of 1ff4c8a0 B2a8 4fa3 Aeec 772fb7d81aab

ކ.ގުޅީފަޅުގެ ދެކުނު ފަރާތަށް ދޯންޔެއް ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި “ނިއުމަތު” ނަމަކަށް ކިއާ ދޯނި ފަރަށް އެރި އިރު ދޯނީގައި 15 މީހުން ތިބެވެ. އަދި ދޯނި ކޮންމެވެސް ވަރަކަށް ދިޔަވަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފް ގެ ކޯސްޓު ގާޑުން މިހާރު ދަނީ ދޯނީގައި ތިބިމީހުން ސަލާމަތްކޮށް ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން ނެވެ.

މިދޯނި ފަރަށް އަރާފައިވަނީ ޖީޕީއެސް އަށް ބަލައިގެން ދުއްވަމުން ދަނިކޮށް، ޖީޕީއެސް އިން ފަރު ނުދެއްކުމުގެ ސަބަބުންކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.

 

ފަހުގެ