“ސިލްވަރ ލައިނިން ޕްލޭބުކް” އޮސްކާގެ 30 އަހަރުވީ ރެކޯޑު މުގުރާލައިފި

އޮސްކާރ ނޮމިނޭޝަންސްގެ ހަތަރު އެކްޓިން ކެޓަގަރީއަށްވެސް ނޮމިނޭޓު ވެގެން އިނގިރޭސި ފިލްމު “ސިލްވަރ ލައިނިން” އިން އޮސްކާގެ 30 އަހަރުވީ ރެކޯޑު މުގުރާލައިފި އެވެ.

މިއީ ފާއިތުވި 30 އަހަރުގެ ދުވަހުގެ ތެރޭގައި އޮސްކާގެ އެކްޓިން ހަތަރު ކެޓަގަރީގައަށްވެސް ފިލްމެއް ނޮމިނޭޓުވި ފުރަތަމަ ފަހަރެވެ. ކޮމެޑީ ޑްރާމާ ކެޓަގަރީގައި ހިމެނޭ ފިލްމު “ސިލްވަރ ލައިނިން ޕްލޭބުކް” އޮސްކާގެ އަށް ކެޓަގަރީއަކަށް ނޮމިނޭޓު ވެފައިވާއިރު، އެމެރިކާގެ ކުރީގެ ރައީސް އެބްރަހަމް ލިންކަންގެ ސިޔާސީ ހަޔާތުގެ އެންމެ ހޫނު ދުވަސްވަރު ދައްކުވައިދޭ “ލިންކޮން” ވަނީ 12 ކެޓަގަރީ އަކަށް ނޮމިނޭޓުވެފަ އެވެ.  “ލައިފް އޮފް ޕައި” 11 ކެޓަގަރީ އަކަށް ނޮމިނޭޓު ވެފައިވާއިރު، “ލެސް މިސަރަބަލް” ވަނީ 8 ކެޓަގަރީ އަކަށް ނޮމިނޭޓުވެފަ އެވެ.

އޮސްކާގެ ކެޓަގަރީތަކަށް ނޮމިނޭޓުވެފައިވާ ފިލްމުތަކުގެ ލިސްޓު މިއަދު އާންމު ކޮށްފައިވާއިރު، ކެޓަގަރީތަށް އިއުލާނުކުރުން އޮތީ އަންނަ ފެބުރު އަރީމަހުގެ، 24 ވަނަ ދުވަހު ލޮސްއެންޖަލަސްގަ އެވެ.

ފަހުގެ