އިންޑިޔާ އަންހެން ކުއްޖާ ރޭޕްކުރި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ނިންމައިފި

މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރޭޕްކޮށްލި 24 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހުންގެ ކޯޓު އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އަންހެން ކުއްޖާ ރޭޕު ކުރިކަމަށް ތުހުމަތުކުރެވޭ 6 މީހުންގެ ތެރެއިން 5 މީހުންގެ އަޑު އެހުން އިއްޔެ ބާއްވާފައިވާއިރު އެ މައްލަސަ “ފާސްޓް-ޓްރެކިން ކޯޓަކަށް” (އަވަހަށް ބަލައި ނިންމަޖެހޭ މައްސަލަތައް ހުށަހަޅާ ކޯޓަކަށް) ހުށަހަޅާނެކަމަށް ބެލެވުނު ނަމަވެސް އިއްޔަގެ އަޑުއެހުމުގައި އެކަން އެގޮތަށް ނިންމާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކޯޓުން ނިންމާފައިވަނީ، ކުރިއަށް އޮތް އަޑު އެހުންތައް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލައަކީ އިންޑިއާގެ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ކަމުން، އަޑުއެހުންތައް ސިއްރުކުރުމަށް ނިންމުމާ ގުޅިގެން، ބައެއް މީހުންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

އިންޔަގެ އަޑުއެހުން ނިންމާލުމަށްފަހު އަންހެން ކުއްޖާ ރޭޕު ކުރިކަމަށް ތުހުމަތުކުރެވޭ ތިން މީހެއްގެ ދިފާއުގައި މަސައްކަތް ކުރާ ވަކީލަކު ބުނެފައިވަނީ، ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހުން އެއްބަސް ކުރުވާފައިވަނީ، އެމީހުންނަށް އަނިޔާކޮށްގެން މަޖުބޫރުން ކަމަށެވެ.

އަހެން ކުއްޖާ ރޭޕްކުރިކަމަށް ތުހުމަތުކުރާ ހަ މީހުންގެ ތެރެއިން އެކަކަކީ 17 އަހަރުގެ ކުޑަކުއްޖެއްކަމަށް ބެލެވެ އެވެ. ކޯޓުގައި އޭނާ އަކީ ކުޑަކުއްޖެއްކަން ސާބިތުކުރެވިއްޖެނަމަ އޭނާގެ މައްސަލަ ކުރިއަށް ގެންދާނީ ކުޑަކުދިންގެ ކޯޓެއްގަ އެވެ.

މިއްމަސަ ސާބިތުވެއްޖެނަމަ ހަ މީހުންގެ މައްޗަށްވެސް މަރުގެ ހުކުމް އަންނާނެ އެވެ.

ފަހުގެ