ވެރިކަމުގައި ގާނޫނާ ހިލާފަށް ކުރެއްވި ކަންތައް ބެލުމަށް ރައީސް ނަޝީދު ކޮމެޓީއަށް ހާޒިރު ކުރަނީ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ޤަވާއިދާ ހިލާފަށް ކުރެއްވި ކަމަށް ތުހުމަތުކުރާ ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް އެމަނިކުފާނު ހާޒިރުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ރައީސް ނަޝީދު ހާޒިރު ކުރާ ކޮމެޓީ ބައްދަލުވުން ބާއްވާނީ ސިންގަޕޫރުގައި ކަމަށާއި މި ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގައި ކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މިގޮތަށް ނިންމި ކޮމިޓީގެ މުގައްރިރް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

ނަޝީދު ކޮމެޓީއަށް ހާޒިރު ކުރަން ނިންމި އިރު ދާދި ދެންމެ އަކު އެމަނިކުފާނު ވަނީ ބެންކޮކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ވަތަން

    ގޯ ހެއްނޫން އެއްގޮތަކަށްވެސް ރައްޔިރުންނައް 2013 ވަނަ އަހަރު ބަޖެޓުގަ އެއްވެސް ކަމެއް ކޮށްދެވެން ނެތްއިރުގަ މަޖިލިސްމެމްބަރުން ކޮމެޓީ ޖަލްސާތަށްވެސް ސިންގަޕޫރުގަ ރިވެތި ނަމޫނާއެއް ރިޔާޒު ރަޝީދު ތިދައްކަނީ ރިޔާޒު ސިންގަޕޫރަށް ދާންވީމަ ކޮމެޓީ ސިންގަޕޫރުގަ