ސްކޫލްތައް އެއްދަންފަޅިޔަށް ބަދަލުކުރުމަކީ މުހިންމުކަމެއް ނޫންކަމަށް ބުނުމުން އެމްޑީޕީން ރައްދު ދީފި

މިދިޔަ އަހަރު ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރިޔަސް އަހަރު ނިމުނު އިރު އޭގެ ނަތީޖާ ގިނަ ސްކޫލުތަކުން ނުފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އިމާދު ސޯލިހު ވިދާޅުވުމާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން އެކަމަށް ރައްދު ދީފިއެވެ.

ސްކޫލްތައް އެއްދަންފަޅިއަށް ހިންގުމާއިމެދު އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމެޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިޔަށް ބަދަލުކުރުމަކީ އެހާ މުހިންމުކަމެއް ނޫންކަމަށް ދޭހަވާގޮތަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިޔަކު ވާހަކަ ދެއްކުމަކީ އެމްޑީޕީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.. އަދި މިއީ ރާއްޖޭގެ ހުރިހާ ސްކޫލް ކުދިންނާއި ބެލެނިވެރިންވެސް ވަރަށް ކަންބޮޑުވާނެ ކަމެއްކަމަށް ފެންނަ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކިޔަވައިދިނުމާއި ކަސްރަތާއި ކުޅިވެރުގެ ހަރަކާތްތައް ހިންގުމާއި، ދީނީ އަދަބީ އިޖުތިމާޢީ ކަންކަމުގައި ކުދިން ބައިވެރިކުރުމާއި މަސައްކަތުގެ ތަފާތު ހުނަރުތައް ދަސްކޮށް ދެވޭނީ ސްކޫލެއްގައި އެއްދަންފަޅިއެއްގައި ކިޔަވައިދެވޭ ޢަދަދަށް އެ ސްކޫލެއްގައި ކުދިން ތިބެގެން ކަމަށާއި ދިވެހިރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިޔަކަށް ހިނގުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްޓްރެޓިކް ޕާޓީން ވަރަށް އިސްކަންދީގެން ހިންގަމުންގެންދިޔަ ތަޢުލީމީ ޕްރޮގްރާމެއް ކަމަށް އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ވެއެވެ. އޭގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ދެވޭ ތަޢުލީމަކީ ވަށައިޖެހޭ ތަޢުލީމަކަށް ހަދައި ރާއްޖޭގެ ސްކޫލްތަކުން ނިމޭ ކުދިންނަކީ ޢިލްމުގެ އިތުރުން ބޭނުންތެރި ހުނަރުތަކާއި ދިވެހިން އަގުކުރާ އާދަކާދަތަކާއި ސަޤާފަތުގެ ސިފަތައް ލިބިދެވިފައިވާ ބަޔަކަށް ހެދުން ކަމަށްވެސް އެ އެޕާޓީން ބުނެއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ސިސްޓަމް ނާކާމިޔާބު ވުމުގެ އެއް ސަބަބަކީ ފެންވަރު ރަނގަޅު ޓީޗަރުން ނެތުން ކަމަށް އެޑިއުކޭޝަން މިނިސްޓރީގެ ނައިބު ވިދާޅު ވިދާޅުވުމަށް ރައްދު ދެމުން އެމްޑީޕީން ބުނީ އެމްޑީޕީ ސަރުކާރުގެ 3 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިޔަށް ބަދަލުކުރެވުނު ކަމަށާއި. ވަޒީފާގައި ތިބި ގިނަ އަދަދެއްގެ ޓީޗަރުންނަށް އިތުރު ތަމްރީނު ދެވުނު ކަމަށެވެ. އަދި 60 ޕްރިންސިޕަލުން ތަމްރީނުކޮށް ސްކޫލްތަކުގައި ދެވޭ ތަޢުލީމާއި ހިންގުން މިންކުރާނެ މިންގަނޑުތަކެއް އެކުލަވައިލައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ސްކޫލް ބޯޑުތައް ގާއިމުކޮށް ސްކޫލް ކަންކަމުގައި ބައިވެރިވެ ބަސް ބުނުމުގެ ފުރުޞަތު ބެލެނިވެރިންނަށް ދެވުނު ކަމަށްވެސް އެޕާޓީން ބުނެއެވެ.

މުޅި ދުނިޔެ ގަބޫލުކުރާ ތަޢުލީމީ ކަންކަމަކީ ދިވެހިރާއްޖެއަށް އެހާ ބޭނުންތެރި ކަންކަން ނޫންކަމަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި އެފަދަ ކަންކަމަށް ތަރުޙީބު ދެއްވައި އެކަންކަން ރަނގަޅުކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް އެޕާޓީގެ ފަރާތުން މިހާރުގެ ތަޢުލީމީ ދާއިރާގެ ހިންގުންތެރީންނަށް ގޮވާލާކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފަހުގެ