ސިޔާސީ ހަމަނުޖެހުންތައް ނިންމާލަން ވެއްޖެ – މައުމޫން

ސިޔާސީ މައިދާނުގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް ނިންމާލަން ވެއްޖެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ “މީގެ ފަސް އަހަރު ކުރިން ހޯރަފުށީގައި އަޅުގަނޑުގެ ހަށިގަނޑަށް ހަމަލާއެއް ދެވުނު. ފާއިތުވެގެން ދިޔަ އޮކްޓޫބަރު މަހު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ ވަނީ އަވަހާރަކޮށްލާފައި. ސިޔާސީ ހަމަނުޖެހުންތައް ނިންމާލަން ވެއްޖެ” ކަމަށެވެ.


2008 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްރަށަށް ރައީސް މައުމޫން ކުރެއްވި ދަތުރުފުޅުގައި ހއ ހޯރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހަމަލާ ދީފައިވަނީ ހއ ހޯރަފުށީ ކިނާރާގޭ މުހައްމަދު މުރުޝިދެވެ.

އެރަށަށް ވަޑައިގެން, އެމަނިކުފާނުގެ އިސްތިގުބާލުގައި ނުކުމެ ތިބި މީހުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް ވަރަށް ކުއްލިގޮތަކަށް އެމަނިކުފާނަށް މުރުޝިދު ވަޅިން ހަމަލަދޭން އުޅުމުން ރައީސްމައުމޫން ސަލާމަތްވެވަޑައިގަތީ އިސްތިގްބާލަށް ނުކުމެ ހުރި އެރަށު ސްކޫލުގެ ސްކައުޓެއް ކަމަށްވާ ބަގީޗާގޭ ޖައިޝަމް އިބްރާހީމް އެކަމަށް ހުރަސްއަޅާ ވަޅި ހިފެހެއްޓުމުގެ ސަބަބުންނެވެ.

14-01-08-300

ފަހުގެ