ދިޓީވީއިން 6 ޖެނުއަރީ 2013 ގައި މަޖިލީހުގެ ތިނަވަނަ ދައުރުގައި ނިންމާފައިވާ ޤާނޫންތަކާއި ބެހޭ ގޮތުން ނެރެފައިވާ ޙަބަރަކީ ކަނޑައެޅިގެން ޚަޤީޤަތާ ޚިލާފު ޚަބަރެއް: މަޖިލިސް

ނިމިދިޔަ 2012 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ފާސްކުރި ނުވަ ބިލުގެ ތެރެއިން ހަތް ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔުމަށް ކުޑަތަންވެފައި ވަނިކޮށް އެންމެ ފަހު ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާކަމަށާއި، މިފަދަ މުހިންމު ބިލުތައް ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިއުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން ފާސްކޮށްފައިވާއިރު، އެފަދަ ބައެއް ޤާނޫނުތަކަށް ޢާއްމުންނާއި، ޤާނޫނީ ފަރާތްތަކުގެ ފާޑުކިޔުންތައްވަނީ ވަރަށް ބޮޑަށް އަމާޒުވެފައިކަމަށް ބަޔާންކޮށް، 6 ޖެނުއަރީ 2013 ގައި ދިޓީވީއިން ނެރުނު ޙަބަރަކީ ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތުން ތަބާވާންޖެހޭ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ، ކަނޑައެޅިގެން ޚަޤީޤަތާ ޚިލާފު ޚަބަރެއް ކަމަށް .މަޖިލީހުން ވިދާޅުވެއްޖެއެވެ

މަޖިލީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިޓީވީއިން މިހެން ވިދާޅުވެފައިވާއިރު، 2012 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި 11 ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. އަދި އެ ބިލުތަކުގެ ތެރެއިން، ދިޓީވީގެ ޚަބަރުގައި ފާހަގަކުރައްވާފައިވާ ހަތް ބިލަކީ، އެހެން ބިލުތަކެކޭ އެއްފަދައިން އެބިލުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައާއި، ކަމާގުޅޭ ކޮމިޓީތަކުގައި މުހިންމު .ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބިލުތަކެއް ކަމަށެވެ

އަދި އެ ބިލުތައް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔުމަށް ކުޑަތަންވެފައި ވަނިކޮށް އެންމެ ފަހު ވަގުތުކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށް ދިޓީވީގެ ޚަބަރުގައި ވިދާޅުވެފައިވާ ކަމަށާއި، އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެހެން ބުނެފައިވާނަމަ އެހެން ބުނެފައިވަނީ ކޮން ފަރާތަކުންކަންވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެހެން ބުނެފައިވާކަންވެސް ދިޓީވީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށްވެސް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ. ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ، ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސް ލިބިދީފައިވާ ފަރާތްތަކުން ޤާނޫނު ނަންބަރު 2012/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ އުޞޫލެއްކަމަށްވީހިނދު، ރައްޔިތުންގެ މަޖިލިސް ބަދުނާމުކޮށް، ރައްޔިތުންނަށް އޮޅޭގޮތަށް ދިޓީވީއިން ގެނެސްދީފައިވާ .މި ޙަޤީޤަތާ ޚިލާފު ވާހަކަތަކާމެދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހިތާމަކުރާ ކަމަށް މަޖިލީހުން ނެރުނު ނޫށް ބަޔާނުގައި ބުނެފައިވެއެވެ

ފަހުގެ