އަކިރިނަގަން ގޮސް އުޅެނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެ

އަކިރިނަގަން ގޮސް އުޅެނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެއެވެ.  މި ދެ މީހުން ފެނިފައިވަނީ މިއަދުހެނދުނު 07:15 ހާއިރު އެ ދެ މީހުން ދަތުރުކުރި ދޯނީގައި އައިސް ރ.އުނގޫފާރު ފަޅުތެރެއަށް ވަނުމުންނެވެ. މި ދެ .މީހުން ހޯދަން ފަށައިފައިވަނީ އިއްޔެ ހެނދުނު 05:00 ހާއިރު ކަނޑޫގަނޑު (ފަޅުރަށެއް) އަށް އަކިރި ނަގަން ދިޔަ ގޮތަށް އެ ދެ މީހުންގެ ޚަބަރެއް ނުވެގެން އާއިލާއިން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ

.އަކިރިނަގަން ގޮސް އުޅެނިކޮށް ގެއްލިފައިވަނީ ރ. އުނގޫފާރު ޢުމުރުން 57 އަހަރުގެ ޢަބްދުއްޝަކޫރު ޔޫސުފް އާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ

ފަހުގެ