އަކިރި ނަގަން ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ރ. އުނގޫފާރުން ކުޑަ ދޯންޏެއްގައި އަކިރި ނަގަން ދިޔަ ދެ މީހަކު ގެއްލިގެން އެ ދެމީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ ފަތިހު ފަހެއްޖަހާ އެހާކަންހާއިރު،”ކަނޑޫގަނޑު” ނަމަކަށްކިޔާ ފަޅުރަށަކަށް އަކިރި ނަގަން ގޮސް ޚަބަރެއް ނުވެގެން ހޯދަމުންދަނީ ރ. އުނގޫފާރު ޢުމުރުން 57 އަހަރުގެ ޢަބްދުއްޝަކޫރު ޔޫސުފް އާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

އަދި މި ދެމީހުން ދަތުރުކުރި ދޯނިވެސް މިހާތަނަށް ނުފެންނަ ކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން މަޢުލޫމާތު ދެއްވިއެވެ.

ފަހުގެ