ހޫނު މޫސުމުގައި ލަމްޕާޑު ޗެލްސީ ދޫކޮށްލާނެ – އެޖެންޓު

ޗެލްސީއަށް ކުޅެމުންދާ އިނގިރޭސިވިތާލުގެ ތަރި ފްރޭންކް ލަމްޕާޑު އަންނަ ހޫނު މޫސުމުގައި އެކުލަބު ދޫކޮށްލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފިއެވެ.

ޗެލްސީއާ އެކު ލަމްޕާޑު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހޫނު މޫސުމުގައި ހަމަވާނެ ކަމަށާއި ޗެލްސީގައި މަޑު ކުރުމުގެ ވިސްނުމެއް ލަމްޕާޑު ނުގެންގުޅޭ ކަމަށް އޭނާގެ އެޖެންޓު ސްޓީވް ކުތްނާ އިނގިރޭސި މީޑިޔާއަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައިވެއެވެ.

އޭނާ ވަނީ ޗެލްސީން ލަމްޕާޑާ އެކު ވާހަކަ ދައްކަމުންދާކަމަށް ދެކެވިފައިވާ ވާހަކަތައްވެސް ދޮގުކޮށްފައެވެ.

ހަބަރު ލިބޭ ގޮތުގައި ޑޭވިޑް ބެކަމް އެކޭ އެއްފަދައިން ލަމްޕޑުވެސް ބޭނުންވަނީ އެމެރިކާގެ ލޮސް އެންޖަލިސް ގެލަކްސީއަށް ކުޅޭށެވެ.

ފަހުގެ