ވޮޔެޖަސް މޯލްޑިވްސްގެ އޮފީހުން ވައްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވޮޔެޖަސް މޯލްޑިވްސްގެ އޮފީހުން ވައްކަން ކުރަން މަސައްކަތްކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރޭ ދަންވަރު 04:30 ހާއިރު ވޮޔެޖަސް މޯލްޑިވްސްގެ އޮފީސް ހުންނަ މ.ނަރުގިސް ގޭގެ ފުރަތަމަ ފަންގިފިލާއަށް ވަދެ ވައްކަން ކުރުމަށް މަސައްކަތްކުރަމުންދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 22 އަހަރުގެ ފިރިހެނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފައިވެއެވެ.

އެއޮފީހުން އެއްވެސް އެއްޗެއް މަދުވެފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެއޮފީހުގެ ތިޖޫރި ހަލާކޮށްލުމަށް މަސައްކަތްކޮށް ވަރަށް ބޮޑަށް ގެއްލުންދީފައިވެއެވެ. މީގެއިތުރުން އެއޮފީސް ތެރޭގައި ހުރި މޭޒުތަކެއް ވަތްގަނޑުތައް ވަނީ ހަލާކުކޮށްލާފައިވާ ކަށް ޕޮލިސް ސާވިސްއިން މައުލޫމާތު ދީފައިވެއެވެ.

ފަހުގެ