ރައީސް ވަހީދު މާލެ ވަޑައިގެންފި

ރައީސް މުހައްމަދު ވަހީދުގެ މެލޭޝިއާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފި އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ޅިޔަނު އިލްޔާސް ހުސެއިން އިބްރާހިމް އިމިގްރޭޝަން ކޮންޓްރޯލާރ ކަމުގައި ހުއްނަވަނިކޮށް، ނެކްސްބިޒާއެކު ވެފައިވާ ބޯޑަރ ކޮންޓްރޯލްގެ އެއްބަސްވުން އުވާލުމަށް މަޖިލީހުން ނިންމުމާއެކު، ރައީސް މުހައްމަދުވަހީދުވަނީ އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމާ އާއި އެކު، ނުރަސްމީ ދަތުރުފުޅެއް މެލޭޝިއާއަށް ކުރައްވާފަ އެވެ.

އެ ދަތުރު ފުޅަކީ ނުރަސްމީ ދަތުރު ފުޅެއްކަމަށް ރައީސް ވަހީދު ވިދާޅުވީ ނަމަވެސް، އެ ދަތުރު ފުޅުގައި، ރައީސް ވަނީ މެލޭޝިއާގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ދާތޯ އަނީފާ އަމަން އާއި ކުރީގެ ބޮޑުވަޒީރު މަހާތިރު މުހަންމަދާ ބައްދަލުކުރައްވައިފަ އެވެ.

ރައީސް ވަހީދު މެލޭޝިއާއަށް ވަޑައިގެންފައި ވަނީ ޖީއެމްއާރު މައްސަލައިގައިވެސް މެލޭޝިއާއިން ރާއްޖެއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައިވަނިކޮށެވެ.

ޖީއެމްއާރު އިންފްރާސްޓްރަކްޗާ ލިމިޓެޑާއި މެލޭޝިއަން އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައި އޮތް އެއްބަސްވުން، އުވާލަން ރާއްޖޭން ނިންމި ނިންމުމާ މެދު އަލުން ވިސްނާނެ ކަމަށް އުއްމީދުކުރި ކަމަށް މެލޭޝިއާ އިން ވަނީ ބުނެފައެވެ.
މެލޭޝިއާގެ މިނިސްޓަރު އޮފް އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ މުސްތަފާ މުހައްމަދު ވއިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ “ރާއްޖޭގައި ހިނގި ކަންތަކަކީ [އެއާޕޯޓް ކުއްޔަށް ދިނުމަށް ވީ އެއްބަސް އުވާލުމަކީ] ވަރަށް ދެރަކޮށްވީ ކަމެއް ކަމަށާއި އެކަމާ ރާއްޖޭން އަލުން ވިސްނާނެ ކަމަށް އުއްމީދުކުރިން” ކަމަށެވެ.

“މޭލޭގައި، (ރާއްޖޭގައި) ކުރިން އޮތް ސަރުކާރާއި އަހަރެމެންނާ ގިނަ އަހަރުތަކެއް ވަންދެން އޮތީ ވަރަށް ގާތް ގުޅުމެއް. ދިވެހި ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެއް، އާ ސަރުކާރާ އެކު އަހަރެމެންނަށް ލިބުނު ފިލާވަޅަކީ، ރާއްޖެއާ މެދު އަހަރެމެންމާ ފަރުވާތެރިވާން ޖެހޭ ކަމުގެ ފިލާވަޅު،” މުސްތަފާ ވިދާޅުވެފައިވެ އެވެ.

ފަހުގެ