ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ފެނަށް ގޮސްފައިވަނީ ދައުލަތް ހިންގުމާ ހަވާލުވާ މީހުން ހަމައެކަނި ވެރިކަންކުރަން ބޭނުންވުން: ސިޔާމް

ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ފެނަށް ގޮސްފައިވަނީ ދައުލަތް ހިންގުމާ ހަވާލުވާ މީހުން ހަމައެކަނި ވެރިކަންކުރަން ބޭނުންވުން ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. ސިޔާމް މިހެން ވިދާޅުވީ އެމްޑީއޭ އުފެއްދުމަށް ފަހު އެ ޕާޓީގެ ފަރާތުން ބޭއްވި ފުރަތަމަ އާންމު ޖަލްސާގައި ނ. ވެލިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިއަދު ގައުމުގެ ވެރިކަމަށް އަންނަން ބޭނުންވާ މީހެއް ނަމަ އެ މީހެއްގެ ކިބައިގައި ގައުމު ތަރައްގީ ކުރުމުގެ ވިސްނުން ހުންނާން ޖެހޭ ކަމަށާއި ގައުމަކީ ވެރިންގެ އެކަނި ހައްގެއް ކަމަށް ދެކިގެން ވެރިކަން ކޮށްގެން ނުވާނެ ކަމަށެވެ.

ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައކަވަމުން ސިޔާމް ފާހަގަ ކުރެއްވި ގޮތުގައި ގައުމީ ތަރައްގީގެ ނަމުގައި ކުރެވޭ ގިނަ ކަންކަމުގެ ނަން ބަދަލުވެފައި ވިޔަސް އެކަންކަމުން ނުކުންނަނީ އެއް ނަތީޖާ އެކެވެ. “ރާއްޖޭގެ ރަށްތައް ސިއްހީ އަދި ތައުލީމީ ހާލަތު މިންޖުކުރެވޭނޭ ވިސްނުމާއި ތަސައްވުރު ހުރި ސިޔާސީ ޕާޓީއަކާއި، މިކަން ތަންފީޒު ކުރެވޭނޭ ލީޑަރޝިޕެއް ގައުމަށް މި ވަނީ ވަރަށް ބޮޑަށް ބޭނުންވެފައި.” ސިޔާމް ވިދާޅުވި އެވެ. މިއަދު ދިވެހި ޤައުމުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް އަލިއަޅުއްވާލަވަމުން ސިޔާމް ވިދާޅުވީ، ދެތިން ޕާޓީއެއްގެ އަޑު އެކަނި ރައްޔިތުންނަށް އިއްވުމަކީ އެއްބަޔަކު އެދޭ ގޮތް ކަމަށާއި، މިކަންކަމުގެ ނަތީޖާއަކީ ރައްޔިތުންގެ މާޔޫސްކަން އިތުރުވުން ކަމެވެ.

ނިކަމެތި މައިން އެމީހުންގެ ދަރިންނަށް ރަގަޅު ގޮތްތައް ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ނުލިބި އެމީހުންނެކޭ އެއްފަދައިން އެމީޙުންގެ ދަރިންތައްވެސް ބޮޑެތިވަމުން އަނަނީ ނިކަމެތިކަންމަތީގައި ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ. އެމްޑީއޭގެ ފަރާތުން ވެލިދޫގައި ބޭއްވި ޕާޓީގެ ފުރަތަމަ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިތަނެއް ފެންނަން ނެން ނަމަވެސް ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ފަރާތްތަކުން ވަނީ އެޕާޓީއަކީ 10000 ނޫން 50000 ހާސް މީހުން ހަމަކުރާނޭ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. އެކަން އެޕާޓީގެ މޮޓޯއަށް ވިސްނުމުން އެނގިގެންދާނެ ކަމަށްވެސް ވާހަކަ ދެއްކެވި ފަރާތްތަކުން ފާހަގަ ކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ކައުންސިލް މެމްބަރުންނާއި ޢާންމު ފފަރާތްތަކުން ވަނީ ޕާޓީއަށް ސޮއިކުރަށްވާފައެވެ. އެމްޑީގެ ޕާޓީ އޮފީހެއް ފުރަތަމަ ފަހަރަށް ނ.ވެލިދޫގައި ވަނީ ރޭ ހުޅުވާފައެވެ. ޕާޓީގެ ހަރަކާތްތައް މިވަގުތު އަމާޒުކޮށްފައިވަނީ 10000 ހާސް މެމްބަރުން ހަމަކުރުމަށް ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

ފަހުގެ