ހަ މަހުގެ ދަރި މަރާލުމަށް ފަހު އަންހެނަކު އަމިއްލައަށް މަރުވާން އުޅެފި

އެމެރިކާގެ ފްލޮރިޑާ ގެ އުމުރުން 20 އަހަރުގެ އަންހެނެއް އޭނާގެ 6 މަހުގެ ފިރިހެން ދަރި ގަޔަށް ބަޑި ޖަހާ މަރާލުމަށްފަހު އަމިއްލައަށް މަރުވާން އުޅެފިއެވެ.

ފްލޮރިޑާގެ ޕޮލިހުން ހާމަ ކުރި ގޮތުގައި، މި ހުކުރު ދުވަހު މެލަނީ ރޭސް ނަމަކަށް ކިޔާ އަންހެނަކު މި އަމަލު ހިންގުމުގެ ކުރިން ވަނީ ފޭސްބުކްގެ ސްޓޭޓަސް ގައި ދަރިފުޅު މަރާލުމަށް ފަހު އަމިއްލައަށް މަރުވާން އުޅޭ ކަމަށް ލިޔެފައެވެ. މި ސްޓޭޓަސް ފެނި ކަންބޮޑު ވެގެން 911 އަށް ރިޕޯޓް ކޮށްފައިވަނީ މެލިނީގެ އާއިލާއިންނެވެ.

ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރު އޮތީ މަރުވެފައެވެ.

މި ހާދިސާ ހިންގުމުގެ 2 ހަފްތާ ކުރިންވެސް މެލިނީ ވަނީ އޭނާގެ “ލޯބިވެރިޔާ” ގެ ގައިގާއި ބޭސްބޯޅަ ބެޓަކުން ޖެހި ކަމުގެ މައްސަލައިގައި ޕޮލިސް ސްޓޭޟަނަށް ގެންގޮސްފައެވެ.

ޕޮލިސް ރިޕޯޓުން އަންގާ ގޮތުގައި މީނާ ކޯޓަށް ދެން ހާޒިރުވާން ހަމަޖެހިފައި އޮތީ ޖަނަވަރީ މަހު 22 ވަނަ ދުވަހު އެވެ.

ފަހުގެ