މެލޭޝިއާގެ ފޮރިން މިނިސްޓަރ ރައީސް ވަހީދާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މެލޭޝިޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދާތޯ އަނީފާ އަމަން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި  އެވެ.

މިބައްދަލުކުރެއްވުން އޮތީ، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މިދިއަ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ދައްކަވާފައިވަނީ ކޮންވާހަކައެއްކަމަށް ރައީސް އޮފީހުން ހާމަ އެއް ނުކުރެ އެވެ.

ޖީއެމްއާރު މައްސަލައިގައި މެލޭޝިއާއިން ރާއްޖެއަށް ބަހުގެ ހޫނުހަމަލާތަކެއް ދީފައިވަނިކޮށް ރައީސް މުހައްމަދު ވަހީދު ހަސަންމަނިކު ނުރަސްމީ ދަތުރުފުޅެއްގައި، މެލޭޝިއާއަށް ފުރައިވަޑައިގެންފިވަނީ މިދިއަ ޑިސެންބަރު މުހުގެ 29 ވަނަ ދުވަހު އެވެ.

ޖީއެމްއާރު އިންފްރާސްޓްރަކްޗާ ލިމިޓެޑާއި މެލޭޝިއަން އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައި އޮތް އެއްބަސްވުން، އުވާލަން ރާއްޖޭން ނިންމި ނިންމުމާ މެދު އަލުން ވިސްނާނެ ކަމަށް އުއްމީދުކުރި ކަމަށް މެލޭޝިއާ އިން ވަނީ ބުނެފައެވެ.
މެލޭޝިއާގެ މިނިސްޓަރު އޮފް އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ މުސްތަފާ މުހައްމަދު ވއިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ “ރާއްޖޭގައި ހިނގި ކަންތަކަކީ [އެއާޕޯޓް ކުއްޔަށް ދިނުމަށް ވީ އެއްބަސް އުވާލުމަކީ] ވަރަށް ދެރަކޮށްވީ ކަމެއް ކަމަށާއި އެކަމާ ރާއްޖޭން އަލުން ވިސްނާނެ ކަމަށް އުއްމީދުކުރިން” ކަމަށެވެ.

“މޭލޭގައި، (ރާއްޖޭގައި) ކުރިން އޮތް ސަރުކާރާއި އަހަރެމެންނާ ގިނަ އަހަރުތަކެއް ވަންދެން އޮތީ ވަރަށް ގާތް ގުޅުމެއް. ދިވެހި ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެއް، އާ ސަރުކާރާ އެކު އަހަރެމެންނަށް ލިބުނު ފިލާވަޅަކީ، ރާއްޖެއާ މެދު އަހަރެމެންމާ ފަރުވާތެރިވާން ޖެހޭ ކަމުގެ ފިލާވަޅު،” މުސްތަފާ ވިދާޅުވެފައިވެ އެވެ.

ފަހުގެ