ތިން މީހެއްގެ މައްސަލަ ބެލުމަށްފަހު ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވައިފި

ގެސްޓް ހައުސެއްގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލިކަމަށް ތުހުމަތު ކުރެވޭ 2 މީހަކާއި މީހެއްގެ ކަރުގައި އަޅާފައި އޮތް ރަންފަށެއް ފޭރިގަތް މީހެއްގެ މައްސަލައިގެ ތަޙްޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އަލިފާން ރޯކޮށްލިކަމަށް ތުހުމަތުގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ކ.މާފުށި، ފިޔާދާގެ ޢަބްދުﷲ ޝަރީފް (21އ) އަދި ސ.ހިތަދޫ، ރޯޝަނީގެ ޙުސައިން ޝަބީން ޙަސަން (22އ) ގެ މައްޗަށެވެ.

މި ދެމީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 ސެޕްޓެމްބަރު 11 ވަނަދުވަހުގެރޭ 01:42 ހާއިރު ކ.މާފުށީގައި ހުންނަ މާފުށީ އިން ގެސްޓް ހައުސްގެ 104 ނަމްބަރު ކޮޓަރީގައި އަލިފާން ރޯކޮށްލާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާއި ގުޅިގެން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތު ދެއެވެ.

މީހެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަތް މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ކ.މާލެ، މއ.ކޫލްއޮއިސިސް ޢުމަރު ޖަލާލް އަޙްމަދު (22އ) ގެ މައްޗަށެވެ. ޢުމަރު ޖަލާލް އަޙްމަދުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 އޭޕްރީލް 16 ވަނަދުވަހުގެ ވަގުތެއްގައި ޗާންދަނީމަގުން ހިނގާފައި ދިޔަ ސްރީލަންކާ އަންހެނެއްގެ ކަރުގައި އަޅާފައި އޮތް ރަންފަށް ފޭރިގަނެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ކަމަށް ޕޮލިސް ސާވިސް އިން ހާމަކޮށްފައިވެއެވެ.

ފަހުގެ