ނެރުތެރެއަށް ވަދެ، ނިކުމެހަދާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށްއިލްތިމާސްކޮށްފި

މާލޭގެ ހުޅަނގު ފަރާތު ފަޅުތެރެއަށް “މިހިރީ” ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން، ނެރުތެރެއަށް ވަދެ، ނިކުމެހަދާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައިފިއެވެ.

އިއްޔެ މާލޭގެ ހުޅަނގު ފަރާތުން ވިލިނގިލީ ފެރީއަކާއި “މިހިރީ” ކިޔާ ކުޑަދޯންޏެއް އެކްސިޑެންޓްވެ، “މިހިރީ” ދޯނި ހުޅަނގުފަރާތު ނެރާދިމާ ފަޅުތެރައަށްވަނީ އަޑިއަށްގޮސްފައެވެ. މިސަރަޙައްދު ނެރުތެރެއަށް ވަދެ ނުކުމެ ހަދާފަރާތްތަކުން، ވަދެ ނުކުމެ ހެދުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި މިހާރު މިރިހި ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑައި ދޯނީގެ ވެރިފަރާތުން ގުޅިގެން ކުރަމުން ދާކަމަށް އެމްއެންޑީއެމް އިން މައުލޫމަތުދެއެވެ.

މިހާދިސާގެ އިތުރުން އިއްޔެ ވަނީ ކަނޑުމަތީގެ އިތުރު ހާދިސާއެއްވެސް ހިނގާފައެވެ. އެގޮތުން އިއްޔެ 13:35 ހާއިރު އެއަރ ޕޯޓުން މާލެއައި ކިރުދޫނި ނަމަކަށް ކިޔާ ފެރީއަކާއި ހުޅުމާލެއިން މާލެއައި އެމް.ޓީ.ސީ.ސީ ނަސްރު ނަމަކަށް ކިޔާ ފެރީއެއް ޖެހިފައިވެއެވެ. މިހާދިސާގައި 5 މީހަކަށް އަނިޔާވެ ދެ ދޯންޏަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ފަހުގެ