ރަސޫލާ މުހައްމަދު صلى الله عليه وسلمގެ ހަޔާތްޕުޅަށް ފްރާންސުގައި ކާޓޫން ކުރަހައިފި

ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلمގެ ހަޔާތްޕުޅަށް ފްރާސްންގައި ހަފްތާއަކު އެއްފަހަރު ނެރޭ ޗާލީ ހެބްޑޯ ކިޔާ މަޖައްލާއަކުން 64 ސަފްހާގެ ކާޓޫން ފޮތެއް ނެރެފިއެވެ.

“ލެވީ ޑި މަހޮމެޓް”ގެ ނަމުގައި ކޮމިކް ފޮތް ނެރެފައިވަނީ ރަސޫލާ މުހައްމަދު صلى الله عليه وسلمގެ ހަޔާތްޕުޅު ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުގައި ކަމަށް އެމަޖައްލާގެ އެޑިޓަރު ސްޓެފަނީ ޗާބޮނިއާ ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމަޖައްލާއިން ވަނީ މުސްލިމް އުއްމަތް ރުޅި އެރުވުމަށްޓަކައި މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާފައެވެ. އެގޮތުން އެފަހަރު ރަސޫލާ މުހައްމަދު صلى الله عليه وسلمގެ ތަސްވީރުކަމަށް ބުނެ ފޮޓޯއެއް ކުރަހައިގެން އެމަޖައްލާގެ އޮފީހަށް ވަނީ އަލިފާން ބޮމުގެ ހަމަލާއެއް ދީފައެވެ.

ފްރާންސްގެ އެ މަޖައްލާއިން ނެރުނު ކޮމިކްފޮތުގައި ކީރިތި ރަސޫލާ صلى الله عليه وسلمގެ ސީރަތު ހުށަހަޅާފައިވަނީ މުޅިން ތަސްވީރު ބޭނުން ކޮށްގެން ކަމަށާއި މިފަހަރު މުސްލިމުންނަށް އެކަމާ ދެކޮޅަށް ބުނެވޭ ވާހަކައެއް ނޯންނާނެ ކަމަށް އެމަޖައްލާއިން ބުނެއެވެ.

ނަމަވެސް ފުރާންސުގެ ސަރުކާރުގެ ތަރުޖަމާނުވެސް ބުނީ މިފަދަ އަމަލުތަށް ކޮށް އަނދަމުންދާ އަލިފާން ގަނޑަކަށް އިތުރަށް ތެޔޮ އެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ހިޔާލު ފާޅު ކުރުމުގެ މިނިވަންކން ކަމަށް ބުނެ މިފަދަ ދަށު ދަރަޖައިގެ އަމަލުތަށް މި މަޖައްލާއިން ދޭތެރެ ދޭތެރެއިން ދަނީ ކުރަމުންނެވެ.

ފަހުގެ