ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގަޔަށް ބަސް އަރުވާ މަރާލަން މަސައްކަތް ކުރި – ރިޕޯޓު

މިދިޔަ މަހު 16 ވަނަ ދުވަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަގުމަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ރޭޕްކޮށްލި 23 އަހަރުގެ އަންހެން ކުއްޖާ ގަޔަށް ބަސް އަރުވާ މަރާލަން މަސައްކަތް ކުރިކަމަށް އިންޑިޔާ ފުލުހުން ހާމަކޮށްފިއެވެ.

މަރުވި ކުއްޖާގެ ތަހުޤީގުން މިހާތަނަށް ޔަޤީންކުރެވުނު މައުލޫމާތުތައް މީޑިޔާއާ ހިއްސާކުރުމަށް އިންޑިޔާ ފުލުހުން ނެރުނު ރިޕޯޓެއް ބުނާ ގޮތުން އެކުއްޖާ ރޭޕް ކުރުމަށްފަހު ބަހުގެ ތެރެއިން މަގުމައްޗައް އެއްލާލާ އޭނާ ގައި މައްޗަށް ބަސް އަރުވާ މަރާލަން ރޭޕް ކުރި 6 މީހުން މަސައްކަތް ކުރިކަމަށެވެ. އެހެން ނަމަވެސް އެ އަންހެން ކުއްޖާ ސަލާމަތްވީ އޭނާއާއެކު ބަހުގެ ތެރޭގައި ހިފަހައްޓާ އަނިޔާކުރި ފިރިހެން ކުއްޖާއަށް އޭނާ އަތުގައި ހިފާ ދަމައި ގަތުމުން ކަމަށް ފުލުހުން ހާމަކުރެއެވެ.

މިމައްސަލަ ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި އިންޑިޔާ ސަރުކާރުން ވަނީ 13 މެމްބަރުންގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީން މިހާރު ވަނީ ދިއްލީ ތެރޭގައި ކުށް މަދުކުރުމަށް ފުލުހުންނާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

6 މީހުންގެ ގުރޫޕަކުން ރޭޕްކޮށްލި ޒުވާނާ ވަނީ މިދިޔަ ހުކުރު ދުވަހު ސިންގަޕޫރު ހޮސްޕިޓަލެއްގައި މަރުވެފައެވެ.

ފަހުގެ