ގައުމީ ހިތާމައިގެ 3 ދުވަސް އައިވަރީ ކޯސްޓުން އިއުލާންކޮށްފި

އައިވަރީ ކޯސްޓުގައި އާއަހަރު ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި މީހުން ފިތިބާރުވެގެން 61 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަހަމްވުމާއި ގުޅިގެން ޤައުމީ ހިތާމައިގެ ތިން ދުވަސް އެޤައުމުން އިއުލާންކޮށްފިއެވެ.

ހުޅަނގު އެފްރިކާގެ އައިވަރީކޯސްޓުގެ ވެރިރަށް އަބިޖާންގައި ހިނގި މިހާދިސާއަށްފަހު އެޤައުމުގެ ޤައުމީ ޓީވީން ހާމަކޮށްފައިވަނީ މިހާދިސާގެ ހިތާމާގައި އެޤައުމުގެ ހުރިހާ ދިދައެއް ބައި ދަނޑިޔަށް ތިރިކޮށް ޤައުމީ ހިތާމައިގެ ތިން ދުވަސް ފާހަގަކުރަން ނިންމާފައިވާކަމަށެވެ.

އެޤައުމުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މިހާދިސާ ހިނގާފައިވަނީ އައު އަހަރު ފާހަގަކުރުމަށް އަބީޖާންގެ ސްޓޭޑިއަމްގައި ބޭއްވި ހަފްލާއިން އެއްފަހަރާ ބައިވަރު މީހުން ނިކުންނަން އުޅުމުގެ ސަބަބުންނެވެ.

މިހާދިސާއާ ގުޅިގެން އެޤައުމުގެ ރައީސް މިއަދު ދިނުމަށް ހަމަޖެހިފައި އޮތް އައު އަހަރުގެހިތާބުވެސް ވަނީ ފަސްކޮށްފައެވެ.

ފަހުގެ