ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ދެކުނު އޭޝިޔާ ޤައުމަކީ ޕާކިސްތާން – ރިޕޯޓު

ދެކުނު އޭޝިޔާގައި ނޫސްވެރިންނަށް އެންމެ ބޮޑު ނުރައްލަކެއް ކުރިމަތި ވަނީ ޕާކިސްތާނުގައި ކަން ހާމަވެއްޖެއެވެ.

ސައުތު އޭޝިޔާ މީޑިޔާ ކޮމިޝަނުން ނެރުނު 2012 ވަނަ އަހަރުގެ މީޑިޔާ ރިޕޯޓުގައި ބުނާ ގޮތުގައި ޕާކިސްތާނުގައި މިދިޔާ އަހަރު 13 ނޫސްވެރިޔަކު ވަނީ މަރާލެވިފައެވެ.

މމިރިޕޯޓުގައި ހާމަކޮށްފައިވާގޮތުގައި އިންޑިޔާގައި 5 ނޫސްވެރިޔަކު މަރާލެވިފައިވާއިރު ބަންގްލަދޭޝް އިން 3 ނޫސްވެރިޔަކު އަދި އަފްޣާނިސްތާނާއި ނޭޕާލުގައި ވަނީ 2 ނޫސްވެރިން މަރާލެވިފައެވެ.

ދިވެހިރާއްޖެ، ސްރީލަންކާ އަދި ބޫންޓާނުގައި އެއްވެސް ނޫސްވެރިޔެއްގެ ފުރާނަ ގެއްލިފައިނުވާކަމަށްވެސް އެރިޕޯޓުގައި ވެއެވެ. އެހެން ނަމަވެސް މި ޤައުމުތަކުގައިވެސް ނޫސްވެރިންނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށްވެސް 2012 ވަނަ އަހަރުގެ މީޑިޔާ ރިޕޯޓުގައި ވެއެވެ.

އ.ދ ގެ ސެކިއުރިޓީ ޤަވާއިދުގައި ބުނާ ގޮތުގައި ނޫސްވެރިންނަށް ހިމާޔަށް ލިބެންޖެހޭނެއެވެ. އެހެން ނަމަވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ދެކުނު އޭޝިޔާގެ ޤައުމު ތަކުގެ ސަރުކާރުން ދިނުމާއި ދެކޮޅު ހަދާ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

ނޫސްވެރިން އެންމެ ގިނައިން ހައްޔަރު ކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީ، އިރާން، ޗައިނާ އަދި އެރިޓްރިއާއެވެ.

ފަހުގެ