މިމަހު އޮންރީ އާސެނަލްއަށް ސޮއި ނުކުރާނެކަމަށް ވެންގާ ބުނެފި

ލޯނު އެއްބަސްވުމުގެ ދަށުން މިމަހު ތިއަރީ އޮންރީ އާސެނަލްއަށް ސޮއި ނުކުރާނެކަމަށް އެކުލަބުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އިއްޔެ ސައުތެންޓަމްއާ ބައްދަލުކޮށް 1-1 އިން އެއްވަރުވި މެޗައްފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ އޮންރީ އަދި ތައްޔާރު ނޫން ކަމާށާއި މިމަހު އޭނާއާ އެކު އެއްބަސްވުމަކަށްދާން އަދި ނުވިސްނާ ކަމަށެވެ.

“ޗުއްޓީ ނިންމާލުމަށްފަހު އަދި ކިރިޔާ އޮންރީ އެއައީ. އަދި އޭނާ ތައްޔާރެއް ނޫން” ވެންގާ ބުންޏެވެ.

މީގެ އިތުރުން ވެންގާ ބުނީ އޮންރީ ކުލަބާ ގުޅުމަކީ ކުލަބަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށާއި އެހެން ނަމަވެސް އަދި ވަގުތު ނުޖެހޭ ކަމަށެވެ.

ނިއުޔޯކް ރެޑްބުލްސްގެ ތަރި މިދިޔަ އަހަރު އާސެނަލްއަށް ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ކުޅެފައެވެ. އެގޮތުން 4 މެޗެއްގައި އާސެނަލް ޖޯޒީގައި އޮންރީ ފެނިގެން ގޮސްފައިވެއެވެ.

މިދިޔަ ހަފްތާގައި ވެންގާ ވަނީ އޮންރީއާއެކު ލޯނު އެއްބަސްވުމެއް ހަދަން ވިސްނާކަމަށް ހާމަކޮށްފައެވެ.

ފަހުގެ