ޕަޓޯ ކޮރިންތިއަންސްއަށް ބަދަލުވާން ނިންމައިފި

އޭސީ މިލާންގެ ބްރެޒިލް ތަރި އެލެގްޒަންޑަރ ޕަޓޯ އެކުލަބު ދޫކޮށް ކޮރިންތިއަންސްއަށް ބަދަލުވާން ނިންމައިފި ކަމަށް އޭނާގެ އެޖެންޓު ހާމަކޮށްފިއެވެ.

ސްކައި ސްޕޯޓްސް 24 އަށް ޕަޓޯގެ އެޖެންޓު، ގިލްމަރ ވެލޯޒް، ދިން އިންޓަވިއުއެއްގައި ބުނީ އޭސީ މިލާން ދޫކޮށް ޕަޓޯ ބޭނުންވީ އަމިއްލަ ޤައުމަށް ދާންކަމަށާއި އެގޮތުން ކޮރިންތިއަންސް އިހްތިޔާރުކުރީ ކަމަށެވެ.

“ޕަޓޯ ބޭނުންވީ އެހެން ކުލަބެއް ތަޖުރިބާ ކުރަން އެގޮތުން އޭނާ އިހްތިޔާރުކުރީ ކޮރިންތިއަންސް” ވެލޯޒް ބުންޏެވެ.

މީގެ އިތުރަށް ވެލޯޒް ބުނީ ކޮރިންތިއަންސް އިން ޕަޓޯއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާކަމަށާއި އޭސީ މިލާނާއި ކޮރިންތިއަންސްއާ ދެމެދުގައި އެކަމަށް ވާން ޖެހޭ ތައްޔާރީތަށް މިހާރު ވަމުން އަންނަ ކަމަށެވެ.

އޭސީ މިލާންގެ ބްރެޒިލް ތަރި ރޮބީނިއޯވެސް ވަނީ އެކުލަބު ދޫކޮށް އެހެން ކުލަބަކަށް ދާން ބޭނުންވާ ކަމަށް ދާދި ފަހުން ހާމަކޮށްފައެވެ. އެހެން ނަމަވެސް ކުރީގެ ރިއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީގެ ކުޅުންތެރިޔާއަށް އަދި ރަގަޅު ހުށަހެޅުމެއް ނުލިބެއެވެ.

ފަހުގެ