2012 ވަނަ އަހަރަކީ ނާއުންމީދުން ފުރިފައިވާ އަހަރެއް

2012 ވަނަ އަހަރު ވެގެންދައައީ ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކާއި، ބައިނަލް އަގުވާމީ މުޖުތަމައު ދިވެހި ރައްޔިތުން ކުރިމަތީގައި 'ފެއިލް' ވެގެން ދިއަ އަހަރެއް ކަމަށާއި، ޖުމްލަކޮށް ބުނާނަމަ 2012 ވަނަ އަހަރު ވެގެން ދިއައީ ނާއުންމީދުން ފުރިގެން ދިއަ އަހަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އައު އަހަރުގެ ތަހުނިއާ ދިވެހި ރައްޔިތުންނަށް ފޮނުވަމަށް ރައީސް ނަޝީދު އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، 2012 ވަނަ އަހަރު ޑިމޮކްރަސީން ރައްޔިތުންނަށް ލިބިދިން ހައްގުތައް ފޭރިގަންފައި ވާކަމަށާއި، 2013 ވަނަ އަހަރު ވާންވާނީ ދިވެހިރައްޔަތުންނަށް ފާގަތި އަހަރެއް ކަމަށް ކަމަށެވެ. 2012 ވަނަ އަހަރު ކުރިމަތިވީ ގޮންޖެހުންތަކަކާއި ކުރިމަތި ކުރުވި އަހަރެއް ނަމަވެސް އެކަންތައްތަކުގެ ސަބަބުން، ދިވެހިންން އެދޭ ގޮތުގައި އެކުވެރިކަމާއި އެކު ސާބިތުވެ ތިބުމުގެ ހިތްވަރު ލިއްބައިދިންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފެބުރުއަރީ މަސް ވެގެން ދިއައީ، ވަކި ސިއާސީ މަގުސަދަކަށްޓަކައި، ގައުމަށް ބަޔަކު ހިޔާންތެރިވެ ރައްޔިތުން އަތުން ޑިމޮކްރަސީ ފޭރިގަތް މަހެއްކަމަށެވެ. އޭގެ ފަހުން ފެނިގެން ދިއައީ ފުލުހުންގެ އަނިއާވެރިކަމާއި، ހަމަނުޖެހުންކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އަދި މިހަމަނުޖެހުންތަކާއި އެކު ފެނިގެން ދިއައީ އުނގޫފާރު ދާއިރާގެ މެމްބަރ ޑރ. އަފްރާޝީމް އަލީ އަނިއާވެރި ގޮތަކަށް މަރާލުމާއި، ނޫސްވެރިންނަށް ނުރައްކާތެރި ހަމަލާތައް ދިނުމާއި، ކުޑަކުދިންނާއި އާންމުރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ދިއަތަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ބޭރުގެ މީޑިއާތަކުގައި މީގެކުރިން ރާއްޖެއޮތީ ފާހަގަކޮށްލެވޭ ފުރިހަމަ އިލްސާމިކް ޑިމޮކްރަސީއެއް އޮތް މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އަޑު އުފުލާ ގައުމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގެ ހަބަރުތައް ބޭރުގެ ނޫސްތަކުގައި ލިއެފައި އޮންނަނީ ރާއްޖެއާއި އެންމެ އެކށީގެންވާ ސުރުރުހުތަކުގައި ނޫންކަމަށްވެސް ރައީސް ނަޝީދުގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ. ބޭރު ނޫސްތަކުގައި މިހާރު އޮންނަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ވާހަކައާއި، ބަގާވާތުގެ ވާހަކައާއި، ރާއްޖޭގެ ސަރުކާރުން ގެންގުޅޭ ދޯހަޅި 'ފޮރިން ޕޮލިސީގެ' ވާހަކަކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ 2011 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ހިލޭ ބޭސްފަރުވާ ކުރެވެން އޮތްކަމަށާއި، ނަމަވެސް 2012 އަހަރު ނިމިގެން ދިއައައީ އިންޑިއާ އެންބަސީ ދަށުގައި ބޭސްފަރުވާކުރުމަށް ވިސާހޯދުމަށް ކިއުޖެހިގެން ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. މިކަން މިހެން ދިމާވީ 'މޮޔަ' ކަމެއްގައި ދިވެހި ސަރުކާރުން އިންޑިއާއި ތޮޅެން ހަދައިގެން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު