ރައީސް މައުމޫނުގެ ހަގީގީ އުމުރަކީ 75 އަހަރެއް ނޫން!!!

ރާއްޖޭގައި އެންމެ ފުރަތަމަ ލިޔުނު ގާނޫނު އަސާސީއަށް 80 އަހަރު ފުރުނު ވާހަކަ އަޑު އިވުނީ ދާދި މިދާކަށް ދުވަހު އެވެ. އެއަށްފަހު ދެން އިވުނީ ވަޒީރުންގެ މަޖިލީހަށް 80 އަހަރު ފުރުނު އަޑެވެ. މިހެން ހުއްޓާ އެންމެފަހުން މި އިވުނީ ރައީސް މައުމޫނަށް 75 އަހަރު ފުރުނު އަޑެވެ. އެންމެ ފުރަތަމަ ގާނޫނު އަސާސީއަށް ވީ އުމުރާއި، ވަޒީރުންގެ މަޖިލީހަށްވީ އުމުރަކީވެސް 80 އަހަރުކަށްވީއިރު އެކަމާއި ސުވާލު ނުއުފައްދައި ގިނަބައަކު ސުވާލު އުފެއްދީ 75 އަހަރުކަށް ބުނާ ރައީސް މައުމޫނުގެ އުމުރުންވީ ދުވަހަކާއިމެދު އެވެ.

ރައީސް މައުމޫނުގެ އަސްލު އުމުރުފުޅަކީ 75 އަހަރެއް ނޫނެވެ. ނަމަވެސް ރައީސް މައުމޫނުގެ ހަގީގީ އުމުރު ފުޅާމެދު ދެ ރާއޭއެއް (ފެންނަގޮތް) އެބަ އޮތެވެ. އެތަނުން އެއް ރާއޭ އަކީ އެމަނިކުފާނުގެ އުމުރުފުޅަކީ 80 އަހަރު ފުޅެވެ. އަނެއް ރާއޭ އަކީ 77 އަހަރެވެ.

ރައީސް މައުމޫނާއި އާއިލީ ގޮތުން ގާތްގުޅުމެއް އޮންނަ ބޭފުޅަކު ވިދާޅުވީ  "ރައީސް މައުމޫނު އުފަންވީ ގާނޫނު އަސާސީ ތަސްދީގު ކުރިތާ ހަފްތާއެއް ފަހުން" ކަމަށެވެ.

އޭނާ އެ ވިދާޅުވަނީ، ސުމުލް އަމީރު މުހައްމަދު ޝަމްސުދީނުގެ ރަސްކަމުގައި އެންމެފުރަތަމަ 1932 ވަނަ އަހަރު ތަސްދީގު ކުރެއްވި ގާނޫނު އަސާސީގެ ވާހަކަ ކަމުގައި ވާނަމަ ރައީސް މައުމޫނުގެ އުމުރު ފުޅަކީ، 80 އަހަރެވެ. އެ ދުވަސްވަރަކީ އަދެކޭ އެއްގޮތަށް ސިއާސީ ހަލަބޮލިކަން ބޮޑު ދުވަސްވަރެކެވެ. މިހެންކަމުން އޭގެ ދެ އަހަރު ފަހުން 1934 ވަނަ އަހަރުވެސް ގާނޫނު އަސާސީއެއް ތަސްދީގު ކުރެވުނެވެ. ރައީސް މައުމޫނުގެ ތިމާގެ ބޭފުޅާ އެ ވިދާޅުވަނީ 1934 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީ ކަމުގައިވާނަމަ ރައީސް މައުމޫގެ އުމުރުފުޅު ގާތީ 77 ނުވަތަ 78 އަހަރެވެ.

ރައީސް މައުމޫނުގެ އުމުރުފުޅާކީ 77 އަހަރުކަމަށް ބޮޑަށް ބުރަވެވެނީ 1978 ވަނަ އަހަރު ރައީސް މައުމޫނަށް 43 އަހަރު ފުނު މުނާސަބަތުގައި 76 މީހުން ނަންޖަހައި ސޮއިކޮށް ރައީސް މައުމޫނަށް ފޮނުވާފައިވާ 'ބާތުޑޭ ކާޑެއް' އޮތުމުންނެވެ. 1978 ވަނަ އަހަރު 43 އަހަރު ވެފައިވާނަމަ މިހާރު އެމަނިކުފާނުގެ އުމުރަކީ 77 އަހަރެވެ.

ރައީސް މައުމޫނުގެ އުމުރު ހަގުކެރެއްވީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއަށް ވަނުމަށް ޝަރުތުތައް ފުރިހަމަ ކުރުމުގެ ގޮތުންކަމަށް ބެލެވެ އެވެ.

ރައީސް މައުމޫނަށް 43 އަހަރު ފުމުގެ މުނާސަބަތުގައި ފޮނުވާފައިވާ "ބާތްޑޭ ކާޑު":

68600_554628447899441_858518883_n

ކިޔުންތެރިންގެ ހިޔާލު

  1. އުމަރު

    އެމަނިކުފާނަށް އަދި ފަހު 15 އެފުރެނީ.

  2. ނުއްނު

    އެއްޗެކޭ ކިޔަންވެގެން ދެންހަމަ. ދެން ތި ކަހަލަ އެއްޗެކޭ ކިޔައިގެން ވެސް އަމިއްލަ ހިތް ހަމަ ޖައްސާލާ

  3. ފަޅޯ އާދަންފުޅު

    ވަރަށްކުރިން ރައީސް މައުމޫން “އައްޑުވަސް” ދިން އިންޓަވިޔު އެއްގައި އުފަންތާރީޙް އަކީ 29 ޑިސެންބަރ 1932 ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

  4. ޅިޔަނު

    ހަސަން ފަރީދަށް ވީ ގޮތާއި މައުމޫނު އުމުރު މިހުންނަނީ އެއްކަހަލަ ކަންކަން

  5. އިނާދު ، ހުސައިން

    80 އަހަރުގެ ބޭފުޅަކަށް އޮޅިގެން ތިމަންނަގެ އުމުރަކީ 75 އަހަރޭ ބުނެވުމަކީ މާބޮޑު މައްސަލައެއް ނޫން. އެހިސާބަށް ދިޔާމަ ހަދާން ނެތޭ ގޮތް ވުމަކީ އާންމު ކަމެއް

  6. މައުމޫން އަބްދުލް ޤައްޔޫމް

    އަޅުގަނޑު ހަނދާން ވާ ގޮތުގަ އަޅުގަނޑުގެ އުމުރަކީ 80 އަހަރު

  7. ބެކަމް

    ހޭޔަންބޯ އަރަތަކަށް މި ހަދާބަ އަންނަ ހަފްތާގެ

  8. ައަލީ

    އުމުރު ހަގުކުރިއަސް ފޭޝިއަލް ހެދިއަސް!! މަރު އައުމުން މަރުވާނެކަން ނޭގެނީބާާ؟؟

  9. ޔާނު

    ދެން އެކަމަކު ބައްޕާފުޅު ދޯ..!!