ނެނޭ އެނބުރި ބްރެޒިލަށް

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދާ ބްރެޒިލްގެ ތަރި ނެނޭ އެނބުރި އަމިއްލަ ޤައުމަށް ކުޅެން ދާން ބޭނުންވާކަމަށް ހާމަކޮށްފިއެވެ.

ތުރުކީ ލީގުގެ ކުލަބަކަށް ނެނޭ ބަދަލުވާން އުޅޭކަމަށް މީޑިޔާގައި ދެކެވޭ ވާހަކަ ދޮގުކުރަމުން އޭނާ ބުނީ ބޭނުންވަނީ އަމިއްލަ ޤައުމުގެ ކުލަބަކަށް ކުޅެން ކަމަށާއި ޕީއެސްޖީގެ ޗީފް ލިއެނާޑޯއަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ.

“އަހަރެން ބޭނުންވަނީ ބްރެޒިލްގެ ޓީމަކަށް ކުޅެން. ލިއެނާޑޯ އަށްވެސް އެކަން އަންގައިފިން. އަހަރެން ދޫކޮށްލަން އެމީހުން އެއްބަސް ވާނެ” ނެނޭ ބުނެފައިވެއެވެ.

2010 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނެނޭ ވަނީ އެކުލަބަށް 76 މެޗު ކުޅެ 34 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭކަން ވަނީ ފާހަގަވެފައެވެ.

ފަހުގެ