އަސާސީ ހިދުމަތް ނުދޭކަމަށް ބުނެ މާފަރު ރައްޔިތުން ހުށަހެޅި މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި

މާފަރު ރައްޔިތުންނަށް ކޮންމެހެން ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ސަރުކާރުން ފޯރުކޮށްދީފައި ނުވާތީ އެކަމާމެދު އިޙުތިޖާޖު ކުރުމުގެ ގޮތުން ނ. މާފަރު ރައްޔިތުން ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން އިއްޔެ ބޭރުކޮށްލައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި މިމައްސަލަ މަޖިލީހުގެ ކޮމެޓީން ބޭރުކޮށްލާފައިވަނީ އެ މައްސަލާގައި މެންބަރެއްގެ ސޮއިކުރައްވާފައި ނުވާތީއެވެ.

މިމައްސަލައިގެ އިތުރުނ ޕެޓިޝަން ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި މާލޭގެ ހުޅަނގު ދެކުނު ހާބަރުން ދަތުރުވެރިންނަށް ޢާންމު ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރެވިފައިވާ ބިންތައް މާލޭ ސިޓި ކައުންސިލްގެ ބަލަދުވެރިކަމުގެ ދަށުގައި އޮތް ތަނެއް ކަމަށް ބުނެ، މި ޚިދުމަތް ހުއްޓުވާލުމަށް މަސައްކަތްކުރާ މައްސަލަ ވަނީ ބައްލަވާފައެވެ.

އެގޮތުން މިމައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައާއި މެދު މަޝްވަރާކުރެއްވުމަށްފަހު މިކަމުގައި ކަރަޕްޝަން މައްސަލައެއްވޭތޯ ކަށަވަރުކުރެއްވުމުގެ ގޮތުން، އެންޓި ކަރަޕްޝަން ކޮމިޝަނަށް ސިޓީއެއް ފޮނުވުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.. އަދި މިއީ ދައުލަތަށް ފައިދާކުރަނިވި ކަމެއްތޯ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް ވެސް މި މައްސަލަ ފޮނުވުމަށް އިއްޔެ ބޭއްވުނު ޕެޓިޝަން ކޮމެޓީގެ 10 ވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ..

ފަހުގެ