ވިއްސާރަވުމުގެ ސަބަބުން ބެކަމް ރާއްޖެ ދޫކޮށް ފުރައިފި

އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އޭނަގެ އާއިލާއާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ދަތުރު ވިއްސާރަވުމުގެ ސަބަބުން ކުރުކޮށް ރާއްޖެ ދޫކޮށް ފުރައިފިއެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް 11 ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމަށް އައި ބެކަމް ފުރާފައި މިވަނީ ރާއްޖެއައިތާ 3 ދުވަސް ފަހުންނެވެ.

އިނގިރޭސިވިލާރުގެ ދި ސަން އިން ހަބަރުދޭގޮތުގައި ބެކަމް ޗުއްޓީކުރު ކުރަން ނިންމީ ވާރޭ ހުއްޓާލާތޯ ތިބެ ތިބެ ނުހުއްޓުމުންނެވެ.

“މިއީ އެމީހުންނަށް ދިމާވި ވަރަށް ހިތްދަތި ގޮތެއް. ވާރޭ ހުއްޓާލާތޯ އެމީހުން ތިބެ ތިބެ ހުއްޓާ ނުލީމަ ދަތުރު ކުރުކޮށްލީ” އިނގިރޭސި ހަބަރު ފަތުރާ ވަސީލަތްތަކުގައި ހާމަކޮށްފައިވެއެވެ.

ބެކަމް ރާއްޖެއަށް ކުރި މިދަތުރުގައި ޖުމްލަ 250000 ޑޮލަރު ހޭދަކުރާނެ ކަމަށް ކުރިން މީޑިޔާގައި ވަނީ ހަބަރު ފެތުރިފައެވެ.

ފަހުގެ